ބޭކާރު ސުވާލުކުރާ މީހުންނާ ވާހަކަ ދައްކާނަމަ ބޭޒާރުވުން ގާތް!: ތިއަ ކަނބަލުންގެ ޙަޤީޤަތް ދުލުން ނުބުނި ނަމަވެސް މިއަދު ދެނެގަނެވޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 37ސ
ބޭކާރު ސުވާލުކުރާ މީހުންނާ ވާހަކަ ދައްކާނަމަ ބޭޒާރުވުން ގާތް!: ތިއަ ކަނބަލުންގެ ޙަޤީޤަތް ދުލުން ނުބުނި ނަމަވެސް މިއަދު ދެނެގަނެވޭ!

ހިލޭ އަންހެނަކާއި ފިރިހެނެއްގެ މެދުގައި ދެކެވްމުން ދިއަ ވާހަކައެއްގެ ތެރެއިން އޭނާ ސުވާލުކުރިއެވެ. "ތިބާގެ ފިރިމީހާގެ ޢަމަލުތަކަށް ތިބޭ ރުހެމު ހެއްޔެވެ؟"

އަންހެން މީހާ ޤަޞްދުކުރީ ޖަވާބުނުދޭށެވެ! އެއީ ދެމަފިރިންގެ ޒާތީ ކަންކަމުގެ ވާހަކަ ޙިއްޞާ ނުކުރަންވެގެންނެވެ.  

ޖަވާބު ނުދިނުމުން ޢޭނާ ބުންޏެވެ. "ތެދުވެރިކަމާއިއެކު ކަލޭގެ ފޯނުގެ ނޯޓްޕޭޑްގަ ޖަވާބު ލިޔެލާށެވެ! އަދި ޖަވާބު އަހުރެންނަށް ނުދައްކައި އަތުގައި ފޯނުބާއްވާށެވެ! އަހުރެން ޖަވާބު ދިނީމާ އަހުރެންގެ ޖަވާބު ރަނގަޅުތޯ ފޯނުން ބަލައިލާށެވެ!" އެކަމަށް އަންހެން މީހާ ރުހުނެވެ!  

އޭނާ ބުންޏެވެ! "ފިރިމީހާގެ ޢަމަލުތަކަށް ތިބާ ނުރުހެމުއެވެ. ދިރިއުޅެނީ އުފަލަކު ނޫނެވެ! ހިތްދަތިކަމުގައެވެ!" އެހެން ބުނުމުން އަންހެންމީހާ ދިއައީ ސިއްސައިގެންނެވެ.  

އެކަން އެނގުނީ ކިހިނަކުންތޯ؟ ސުވާލުކުރުމުން އޭނާ ބުންޏެވެ. "ކަލޭގެ މޫނުގެ މަސްލްތަކަށް އައި ބަދަލުތަކުންނާ ލޮލާ ތުންފަތުގެ ޙަރަކާތުންނެވެ." 

މިއީ ޢިލްމީ ގޮތުން ލިބިފައިވާ ކުރިއެރުމެވެ. ދާނީވެސް ކުރިއަރަމުންނެވެ. ދޮގުހެދުމުން ލޮލަށް ބަދަލުތަކެއް އަންނަކަމާ އަންނަ ބަދަލުން ދޮގުހަދާކަން ދެނެގނެވޭކަން އެއީ ދިރާސާތަކުން އެނގިފައިވާ ކަންކަމެވެ. ކިތަންމެ ނޫންކަމަށް ހެދި ހަމަޖެހިލައިގެންހުރެ ދޮގުހެދިނަމަވެސް ލޮލަށް އަންނަ ބަދަލުތަކެއް ނުހުއްޓުވެއެވެ. އެކަން އެނގޭ ޕްރޮފެޝަނަލުން ދޮގުހަދާއިރު އޭނާގެ ކަޅި ނުދައްކަން މަސައްކަތްކުރެއެވެ.  

އެހައި ބޮޑަށް ސިއްރުކުރަން ބޭނުންވި ކަންތައް ބޭޒާރުވުމުން އަންހެން މީހާ ވަރަށް ދެރަވިއެވެ. ރޮވެންވެސް ރޮވުނެވެ. ނަމަވެސް ކުރެވޭނެ ކަމެއް ނެތެވެ.  

މިވާހަކަ މިކިޔައިދިނީ ގިނަ މީހުންނަށް މިފަދަ ކަންކަން ނުއެނގޭތީއެވެ. ނުއެނގިތިބެ އަމިއްލަ ދިރިއުޅުމުގެ ވާހަކައިން ސުވާލުކުރާ މީހުންނާއި ވާހަކަދައްކާތީއެވެ. ކިތަންމެ ގާތް އެކުވެރިއެއް ނަމަވެސް، އަދި އެއީ އަންހެނަކު ނަމަވެސް އަދި ފިރިހެނަކު ނަމަވެސް ތިމާގެ އަމިއްލަ ދިރިއުޅުމުގެ ކަންކަން އޮޅުންފިލުވަން އުޅޭ މީހުންނާއިމެދު ސަމާލުވާންވާނެއެވެ. އެކަމުގައި ނުބައެއް އޮތުންގާތްކަން އަބަދުވެސް ޤަބޫލުކުރަންވާނެއެވެ.  

މިއަދު އޮންލައިން