ދައްޖާލު ފައުޅުވުމުން ދައްޖާލާ ބައްދަލުކުރަން ޔަހޫދީން ތައްޔާރުވަމުން ހަމަ އެންމެ ޔަހޫދީއަކަށްވެސް ސަލާމަތް ނުވެވޭނެ ދުވަސް ބައްދަލުކުރާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 41ސ
ދައްޖާލު ފައުޅުވުމުން ދައްޖާލާ ބައްދަލުކުރަން ޔަހޫދީން ތައްޔާރުވަމުން ހަމަ އެންމެ ޔަހޫދީއަކަށްވެސް ސަލާމަތް ނުވެވޭނެ ދުވަސް ބައްދަލުކުރާނެ!

ޔަހޫދީންގެ ބާރު މިހައި ގަދަވަމުން އަންނައިރު ދުނިޔެ ނިމިގެންދާނީ ޔަހޫދީންނަށް ކާމިޔާބުލިބިގެންކަމާއިމެދު ބައެއް ކިޔުންތެރިން ސުވާލުކުރައްވައެވެ. އެހެންކަމުން މިގެނެސްދެނީ އެކިޔުންތެރިންނަށް ޖަވާބެކެވެ. އިން ޝާ ﷲ  

އަޚުންނާއި އުޚްތުންނޭވެ! ޤިޔާމާތްވުމުގެ ކުރިން ފެންނާނެ އަލާމަތްތަކުގެ ވާހަކަތައް ޔަހޫދީން ޤަބޫލުކުރަނީ ކިހާ ބޮޑަކަށްކަމާ މެދުގައި، މީގެ ކުރީގެ ވީޑިއޯތަކުގައި ވާހަކަދެކެވިފައިވާނެއެވެ. ޤިޔާމަތްވުމުގެ ކުރީގެ އެންމެހައި އަލާމަތްތަކާ މެދު އެބައިމީހުން ނުހަނު ބޮޑަށް ފާރަވެރިވެފައިވެއެވެ. އަދި އެބައިމީހުންގެ ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި ގަދައަޅައި މަސައްކަތް ކުރަމުންދެއެވެ.  

އެއީ މަސްޖިދުލްއަޤްޞާ އެބައިމީހުންގެ ބާރުގެ ދަށަށް ގެނެސް، ސުލައިމާނުގެފާނުގެ ހައިކަލް ބިނާކުރުމެވެ. މުސްލިމުން އެބައިމީހުންގެ ދިފާޢުގައި ވަޑައިގަންނަވާ އިމާމް މަޙްދީގެފާނަށް އިންތިޒާރުކުރަމުން ދާއިރު، ޔަހޫދީން އިންތިޒާރުކުރަމުންދަނީ ދައްޖާލަށެވެ. ޔަހޫދީން ދައްޖާލާ އެއްބައިވެ، އޭނާގެ ފަހަތުގައި ތިބެ ދައްޖާލުގެ ހަނގުރާމަވެރި ފައުޖުގެ ގޮތުގައި ތިބެ، މުސްލިމުންނާ ހަނގުރާމަކުރާނެއެވެ.  

ޤިޔާމަތްވުމުގެ އަލާމާތްތަކުގެ ތެރެއިން، ގިނަ އަލާމަތްތައް މިހާރު ވަނީ ފެނިފައެވެ. ޔަހޫދީން އެ ދަނީ އެބައިމީހުންގެ ސަލާމަތްތެރި ފަރާތްކަމަށް ޤަބޫލުކުރާ ދައްޖާލު ފާޅުވާނެ އިރަކަށް އިންތިޒާރުކުރަމުންނެވެ. ހަމައެހެންމެ މުސްލިމުންގެ ސަލާމަތްތެރި ފަރާތް ކަމުގައިވާ މަޙްދީގެފާނާއި ޢީސާ ޢަލައިހިއްސަލާމް ވަޑައިގަންނަވާނެކަން އެބައިމީހުންނަށް އެނގެއެވެ. އިމާމް މަހްދީގެފަނާއި ޙަޟްރަތު ޢީސާ ޢަލައިހިއްސަލާމްގެ ފަހަތުގައި މުސްލިމުން ޔަހޫދީންނާ ހަނގުރާމަކުރާނެއެވެ. 

ޙަދީޘެއްގައި ރިވާވެގެންވާ ގޮތުގައި، ޔަހޫދީންގެ ކޮންމެ މީހެއް ހިފައި ހައްޔަރުކޮށް މަރައިލާނެއެވެ. އެ މީހުން ގަހެއްގެ ނިވަލަށް ވަދެ ފިލި ކަމުގައިވީ ނަމަވެސް، އެ ގަސް ވެސް އެ މީހުން ފިލައި ތިބި ވާހަކަ މުސްލިމުންނަށް ބުނެދޭނެއެވެ. އެންމެ ގަހެއް ފިޔަވައެވެ. އެއީ "ޣަރްޤަދް" ގަހެވެ. އިޒްރާޢީލުގައި މި ބާވަތުގެ ގަސްތައް ވަރަށް ގިނައެވެ. މިއިން ހާމަކޮށްދެނީ ޔަހޫދީން ތައްޔާރުވަމުން އެ ދަނީ މުސްލިމުން، ޔަހޫދީން މަރައި ނެތިކޮށްލާނެ އެ ބޮޑު ހަނގުރާމައަށް ތައްޔާރުވަމުން އަންނަ ކަމެވެ.  

ހަމައެކަނި އެ ކަމެއް ނޫނެވެ. ޙަޟްރަތު ޢީސާ ޢަލައިހިއްސަލާމް، ދައްޖާލް ވެސް މަރުއްވައި  ނެތިކޮށްލައްވާނެވެ. ހަމަ މިކަމަށް ވެސް ޔަހޫދީން ދަނީ ތައްޔާރުވަމުންނެވެ. ސުނަން އިބްނު މާޖާގެ ރިވާޔަތެއްގައި ވެއެވެ. ލޫދް ކިޔުނު ތަނަކާ އަރާ ހަމަވެއްޖައުމަށް ދާންދެން ޙަޟްރަތު މަރްޔަމް ބިން ޢީސާ ޢަލައިހިއްސަލާމް، ދައްޖާލް ފައްސަވާނެއެވެ. އެއީ އިސްރާޢީލްގެ ސިޓީއެކެވެ.  

ދައްޖާލްގެ ފިތުނައިން ސަލާމަތްވުމަށްޓަކައި، ކަޙްފު ސޫރަތް ކިޔެވުމަށް، ކީރިތ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އިރުޝާދު ދެއްވައިފައި ވެއެވެ. ވަރުގަދަ އީމާންތެރިކަމުގެ ސަބަބުން ކޮންމެ ފިތުނައަކުން ވެސް ސަލާމަތްވެވޭނެއެވެ. ވީއިރު އަހަރެމެން އަބަދު ވެސް އެ ކަލާނގެ މަތިން ހަނދުމަކޮށް، އީމާންތެރިކަން ވަރުގަދަ ކުރެވޭތޯ މަސައްކަތްކުރަންވާނެއެވެ. އަދި އެންމެހައި ކުށްފާފަތައް ފުއްސަވައިދެއްވާތޯ ދުޢާކުރަން ވާނެއެވެ. ދައްޖާލްގެ ފިތުނައިން އަޅަމެން ސަލާމަތް ކުރައްވާށިއެވެ. އާމީން. 

- ޤުރްއާން އެންޑް އިސްލާމްގެ ދަރުސަކުން

 

މިއަދު އޮންލައިން