ހަމައެކަނި މި 3 އާޔަތަށް ވިސްނާލި މީހަކުވެސް ސިކުނޑި ހަމަ ޖައްސަން އެންމެ ފާފައެއްވެސް ނުކުރާނެ!

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 1ސ
ހަމައެކަނި މި 3 އާޔަތަށް ވިސްނާލި މީހަކުވެސް ސިކުނޑި ހަމަ ޖައްސަން އެންމެ ފާފައެއްވެސް ނުކުރާނެ!

މިއަދުނޫސް

މިހާރަކަށް އައިސް ގިނަ ބައަކު އެމީހަކު ކުރަން ބޭނުން ހައި ކަމެއް (ބޮޑެތި ފާފަތައް) ކޮށްފައި ބުނަނީ އެއީ ސިކުނޑި ހަމަޖައްސާލަން ކުރި ކަމެއް ކަމަށެވެ. އަހުރެންގެ ސުވާލަކީ ނަރަކައަށް ވަންނަން ޖެހި ބޮލަށް ކެކިކެކި ހުންނަ ހޫނުފެން އޮއްސެމުންދާނެއިރު ސިކުނޑިއަށް ވަރަށް ކޫލްވެ ހަމަޖެހުން ލިބޭނެ ކަމަށް ވިސްނެނީ ހެއްޔެވެ؟

ފފާފައެއް ކުރެވުމުން ތައުބާވުމަށް އަވަސްވެނުގަނެވޭނަމަ އެއީ އެމީހާގެ ހުރި ބޮޑާކަމެވެ. ކިބުރުވެރިކަމުގެ ބޮޑުކަމެވެ. ބޮޑާކަމާއި ކިބުރުވެރުވެރިކަންމަތީ ދުނިޔަވީ އެދުންތަކަށް ބޯލަނބައި، ކުޅިވަރާއި މަޖަލާއި ސަކަރާތުގައި ވަގުތުތައް ބޭކާރުކޮށްލަނީ، ﷲ ގެ ޢަޛާބަކީ ކިހައި ވަރެއްގެ އެއްޗެއްކަން ނޭނގޭތީހެއްޔެވެ ؟ ކުޑަ ވަގުތުކޮޅަކަށްވިޔަސް އެކަލާނގެ ދެއްވާ ޢަޛާބަށް ތިބާއަށް ކެތްކުރެވޭނެ ކަމަކަށް ހީކުރަނީހެއްޔެވެ ؟

އެންމެފަހަރަކުނަމަވެސް ނިކަން ވިސްނައިލަބަލާށެވެ! ފާފައެއްގެމަތީ ތައުބާ ނުވެ ހުއްޓައި ތިބާގެ މަރު އައިސް ބައްދަލުކޮށްފިނަމަ ކޮންފަދަހެއްޔެ ؟ ތިބާގެ ޙާލަކީ ކޮބައިހެއްޔެވެ؟ ޤިޔާމަތް ދުވަހު ﷲ ތަޢާލާ އާއި ބައްދަލުކުރާނީ ކޮން މޫނަކައިގެންހެއްޔެވެ؟

ކީރިތި ޤުރުއާނުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. "...ފަހެ، كافر ވި މީހުންނަށް އަލިފާނުގެ ފޭރާންތަކެއް ތައްޔާރު ކުރައްވާފައިވެއެވެ. (އަދި) އެއުރެންގެ ބޯތަކުގެ މައްޗަށް ކެކިކެކިހުރި ހޫނުފެން އޮއްސަވާހުށްޓެވެ. އެއިން އެއުރެންގެ ބަނޑުތަކުގައިވާ ތަކެއްޗާއި ހަންތައް ވިރުވާހުށްޓެވެ.އަދި އެއުރެންނަށްޓަކައި، ދަގަނޑު ޗާބޫކުތަކެއް ވެއެވެ" سورة الحج ( 19, 20, 21 )

ތިބާއަށް އެންމެ ހިނދުކޮޅަކުވެސް ނަރަކައިގެ ޢަޛާބަށް ކެތްވާނެކަމަށް ހީކޮށް ޝައިޠާނާގެ ވަސްވާހަށް ހެއްލިގެންނުދާށެވެ. އެތަނުގެ ބިރުވެރިކަމާއި ހުރި ދަފަދަޢަޛާބުތަކުގެ ބޮޑުކަން އެންމެ މޮޅަށް ދެނެވޮޑިގެންވާނީ ﷲއެވެ. އެކަންކަމަށް ވިސްނުލުމުގެ ކުޅަދާނަކަންވެސް އިންށާނުންނަށް ދެއްވަވާފައިވަނީ ވަރަށް ކުޑަކުޑަމިންވަރެކެވެ. ނަމަވެސް އެވަރުވެސް ބިރުވެތިވާން ބޭނުންވާ މީހާއަށް ފުދޭނެއެވެ.

އަންނުޢްމާން ރިވާކުރެއްވި ޙަދީޘް ބަސްފުޅެއްގައިވެއެވެ. " ނަރަކައިގައި ލިބޭނެ އެންމެ ކުޑަ މިންވަރުގެ ޢަޒާބަކީ، އަނދަ އަނދާ ހުންނަ އަލިފާން އަނގުރުކޮޅެއްގެ މަތީގައި ހިނގަން ޖެހުމެވެ. އަދި އޭގެ ސަބަބުން އޭނާގެ ސިކުނޑި ކެކިކެކި ހުންނާނެތެވެ. "

އޭ އިންސާނާއެވެ ! ﷲ އަށް ބިރުވެތިވާށެވެ. ވަގުތު ފާއިތުނުވަނީސް ތިބާއަށް ކުރެވިފައިވާ ފާފަތަކަށް ތަޢުބާވާށެވެ. ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުތައް ވަގުތުގައި އަދާކުރާށެވެ. އަދި ތިބާވީ ކޮންމެ ތަނެއްގައިވެސް މަރު ހަނދުމަކުރާށެވެ.އެކަލާނގެއީ ގިނަ ގިނައިން ތަޢުބާ ޤަބޫލުކުރައްވާ، ރަޙީމްވަންތަ ރަސްކަލާނގެއެވެ.

--ބިރުވެތިވަމާ- ސީރީޒުން

މިއަދު އޮންލައިން