ބިދޭސީއަކު ރާއްޖޭގައި ރޫހާނީ ފަރުވާ ދޭކަމަށް ބުނާ މައްސަލަ ފުލުހުން ތަޙުޤީޤުކުރަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 36ސ
ބިދޭސީއަކު ރާއްޖޭގައި ރޫހާނީ ފަރުވާ ދޭކަމަށް ބުނާ މައްސަލަ ފުލުހުން ތަޙުޤީޤުކުރަނީ

ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ "މާސްޓަރ ދުރްގާ ރާއޯ ގުރުޖީ" ނަމަކަށް ކިޔާ ބިދޭސީއަކު ރާއްޖޭގައި ރޫހާނީ ފަރުވާ ދޭކަމަށް ބުނެ އިޝްތިހާރުކުރާ މައްސަލަ ތަޙުޤީޤުކުރަން ފަށައިފިއެވެ. 

މިކަމާގުޅިގެން ފުލުހުން ބުނެފައިވަނީ މި މައްސަލައާ ގުޅިގެން ޤާނޫނީ ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކާއެކު މަސައްކަތް ކުރަމުންދާކަމަށާއި ނަމަވެސް، މައްސަލައިގެ ތަފްސީލު މި ވަގުތު ހާމަކުރެވެން ނެތްކަމަށެވެ.

މީގެ ކުރިންވެސް ރާއްޖޭގައި އެހެން ދީންތައް އިޝްތިހާރުކުރުމުގެ މައްސަލަތައް ބަލާފައިވާކަން ފުލުހުން ފާހަގަކުރެއްވިއެވެ. މިފަދަ މައްސަލަތަކަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކާ ޚިލާފު ކަންކަން ކަމަށްވާތީ، މިފަދަ ކަންކަމާމެދު ސަރުކާރުން ވަރަށް ސީރިއަސްކޮށް ބަލާކަމަށް ފުލުހުން ވިދާޅުވިއެވެ.
 

މިއަދު އޮންލައިން