މިހާރު ކުރިއަށްދާ ގޯލްޑަން ފުޓްސަލް ޗެލެންޖާ ގުޅުވައިގެން އުރީދޫ މޯލްޑިވްސްއިން ވަރަށް ހާއްސަ އޮފަރެއް ފަށައިފިއެވެ. މި އޮފަރުގެ ދަށުން ކޮންމެ ހަފްތާއަކު އަގުހުރި އިނާމެއް ލިބޭ ޕްރޮމޯޝަނެއް ކުރިއަށްދާނެ ކަމަށް އުރީދޫއިން މަޢުލޫމާތު ދީފައިވެއެވެ.
ގޯލްޑަން ފުޓްސަލް މެޗުތައް ކުރިއަށްދާ ދުވަސްތަކުގައި ރެހެންދި ޓާރފު، ހުޅުމާލޭގައި ބެހެއްޓިފައިވާ އުރީދޫ ޓެންޓުން އުރީދޫގެ ޚިދުމަތެއް ނަގާ ކަސްޓަމަރުންނަށް މި ޕްރޮމޯޝަނުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އުރީދޫ މޯލްޑިވްސްގެ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް، ސުޕަރނެޓް ޚިދުމަތް އަދި 5ޖީ ޑިވައިސްއެއް ނެގުމުން މި ލަކީ ޑްރޯގައި ބައިވެރިވެވޭނެ ކަމަށް އުރީދޫއިން ބުނެފައިވެއެވެ.
މި ޕްރޮމޯޝަނުގައި އަގުހުރި ގިނަ އިނާމުތަކެއް ހިމެނޭ ކަމަށް އުރީދޫއިން ހާމަކޮށްފައިވެއެވެ. މީގެ ތެރޭގައި ޓީވީ، ފްރިޖް، ސޯފާ، އަދި މައިކްރޯވޭވް ފަދަ ބޭނުންތެރި އިނާމުތައް ހިމެނެއެވެ. އަދި މި ޕްރޮމޯޝަނުގެ ޚާއްސަ އިނާމެއްގެ ގޮތުގައި ފިޓްސް އެއަރގެ ފަރާތުން ދެ މީހަކަށް ކޮލޮމްބޯ ދެކޮޅު ޓިކެޓު ލިބިގެންދާނެ ކަމަށްވެސް އުރީދޫއިން ބުނެފައިވެއެވެ.
އުރީދޫއިން މަޢުލޫމާތު ދީފައިވާ ގޮތުގައި މި ޕްރޮމޯޝަން ކުރިއަށްދާނީ ފެބުރުއަރީ މަހުގެ 25 ވަނަ ދުވަހު ގޯލްޑަން ފުޓްސަލް ޗެލެންޖު ނިމުމާ ހަމައަށެވެ. މީގެ އިތުރުން، މެޗުތައް ކުރިއަށްދާ ކޮންމެ ދުވަހަކު ރެހެންދި ޓާފުގައި ބެހެއްޓިފައިވާ އުރީދޫ ޓެންޓުގައި އުރީދޫ ޓީމުން ކަސްޓަމަރުންނަށް އެހީތެރިވުމަށް ހަރަކާތްތެރިވަމުންދާނެ ކަމަށްވެސް އުރީދޫއިން ބުނެފައިވެއެވެ.
މި ޕްރޮމޯޝަނަކީ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ މުބާރާތާ ގުޅުވައިގެން އުރީދޫއިން ކުރިއަށްގެންދާ ޚާއްސަ އޮފަރެއް ކަމަށްވާތީ، ގިނަ ކަސްޓަމަރުންތަކެއް މި ފުރުސަތުގެ ބޭނުން ހިފާނެ ކަމަށް ބެލެވެއެވެ.