އުފަންވެލި ޝޮޕްތަކުން ކުކުޅުމަހުގެ ގިނަ ބާވަތްތަކުގެ އުފެއްދުންތަކާއި އެއިގެ އިތުރުންވެސް ބައެއް ބާވަތްތައް ހެޔޮ އަގުގަ ގަންނަންލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ. 22 ޖަނަވަރީން ފެށިގެން މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މިޕްރަމޯޝަނުގައި،
ފްރެންޗް ފްރައިސް 7 އެމްއެމްގެ 1 ކިލޯގެ ޕެކެޓެއް 40 ރުފިޔާއަށް ވިއްކާއިރު 2.5 ކިލޯގެ ޕެކެޓެއް ވިއްކަނީ 90 ރުފިޔާއަށެވެ.
ފްރެންޗް ފްރައިސް 9 އެމްއެމްގެ 1 ކިލޯގެ ޕެކެޓެއް 40 ރުފިޔާއަށް ވިއްކާއިރު 2.5 ކިލޯގެ ޕެކެޓެއް ވިއްކަނީ 90 ރުފިޔާއަށެވެ.
ކޯޓެޑް ފްރެންޗް ފްރައިސް 9 އެމްއެމްގެ 1 ކިލޯގެ ޕެކެޓެއް ވިއްކަނީ 20 ރުފިޔާއަށެވެ.
ފްރޯޒަން އަނިއަން ރިންގްސް 1 ކިލޯގެ ޕެކެޓެއް ވިއްކަނީ 20 ރުފިޔާއަށެވެ. ޕޮޓޭޓޯ ކިޔުބްސް، ޕޮމް ކްރޮކްއެޓެ، ޕޮޓޭޓޯ ވެޖަސް ވިތް ސްކިން 1 ކިލޯގެ ޕެކެޓެއް ވިއްކަނީ 20 ރުފިޔާއަށެވެ. ފްރޯޒަން ހޭޝްބަރައުން 2.5 ގެ ޕެކެޓެއް ވިއްކަނީ 20 ރުފިޔާއަށެވެ.
420 ގްރާމްގެ ޗިކަން ބަފަލޯ ވިންގްސް ޕެކެޓެއް 35 ރުފިޔާއަށް، 450 ގްރާމްގެ ޗިކަން ބާގާ ޕެކެޓެއް 20 ރުފިޔާއަށް، 700 ގްރާމްގެ ޗިކަން ނަގެޓްސް ޕެކެޓެއް 50 ރުފިޔާއަށް، 1 ކިލޯގެ ޗިކަން ކްރިސްޕީ ވިންގްސް ޕެކެޓެއް 50 ރުފިޔާއަށް، 480 ގްރާމްގެ ޗިކަން ކްރޮކްއޭ ޕެކެޓެއް 30 ރުފިޔާއަށް، 450 ގްރާމްގެ ކުކުޅު ކުރަނޑި ޕެކެޓެއް 50 ރުފިޔާއަށް، 360 ގްރާމްގެ ޗިކަން ކަބާބް ޕެކެޓެއް 12 ރުފިޔާއަށް، 700 ގްރާމްގެ ޗިކަން މިނީ ސްޓްރިޕްސް ޕެކެޓެއް 60 ރުފިޔާއަށް، 700 ގްރާމްގެ ޗިކަން ޕޮޕްކޯން ޕެކެޓެއް 30 ރުފިޔާއަށް އަދި 700 ގްރާމްގެ ޗިކަން ޓެންޑަރ ފިލޭ ޕެކެތެއް 60 ރުފިޔާއަށް ވިއްކާނެއެވެ.
މީގެ އިތުރުން: މިހުރިހާ ބާވަތްތަކެއްވެސް ހޯލްސޭލްކޮށް ގަންނަ ފަރާތްތަކަށް ޚާއްޞަ ހެޔޮ އަގުތަކުގަ ވިއްކާނެ ކަމަށްވެސް އުފަންވެލި ޝޮޕްތައް ހިންގާ މަޑިހާ ކޮމްޕެނީން ބުނެއެވެ.

