ރ. އަތޮޅުގައި އައިޑީ ކާޑާއި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 21ސ
ރ. އަތޮޅުގައި އައިޑީ ކާޑާއި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ފަށައިފި

ޗރ. އަތޮޅުގައި އައިޑީ ކާޑާއި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ. މި ޚިދުމަތް ރަސްމީކޮށް ފެށީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައެވެ.

މި ޚިދުމަތް ފެށުމަކީ އުނގޫށުމަކީ އުނގޫފާރު އަރބަން ސެންޓަރަކަށް ހެދުމުގެ މަޝްރޫޢުގެ ބައެއްގެ ގޮތުގައި ކުރިއަށްގެންދެވްގެންދެވޭ މަސައްކަތެކެވެ. މި ޚިދުމަތް ރާއްޖޭގެ އެހެން ސަރަޙައްދުތަކަށްވެސް ފުޅާކުރުމަށް ވަނީ ރޭވިފައިކަމަށް ސަރުކާރުން މަޢުލޫމާތު ދެއެވެ.

މި މަސައްކަތުގެ ދަށުން މާލެ ސިޓީގެ ހުރިހާ ސަރަޙައްދެއްގެ އިތުރުން ލ. އަތޮޅާއި ދ. އަތޮޅަށް މި މަސައްކަތް ވަނީ ފުޅާކޮށްފައެވެ. އެގޮތުން، ހުޅުމާލޭ ފުރަތަމަ ފިޔަވައްސާއި، ދެވަނަ ފިޔަވައްސާއި، ވިލިމާލެ، ދ. ކުޑަހުވަދޫ އަދި ލ. ފޮނަދޫއިން ޕާސްޕޯޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް މިދިޔަ ނޮވެމްބަރުމަހު ވަނީ ފައްޓަވާފައެވެ.

މިކަމާގުޅިގެން އިމިގްރޭޝަނުން ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާއި އެއްގޮތަށް ދިވެހި ޕާސްޕޯޓުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށް ކުރިއަށްދާ މަސައްކަތުގެ ތެރެއިން، މިރޭ ރ. އުނގޫފާރުގައި ބޭއްވި ހާއްސަ ހަފްލާއެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރ. އަތޮޅުން ޕާސްޕޯޓުގެ ޚިދުމަތް އިފްތިތާޚުކޮށްދެއްވާފައި ކަމަށާއި މާދަމާއިން ފެށިގެން "އިމުގާ" މެދުވެރިކޮށް ހުށަހަޅާ ޕާސްޕޯޓުތައް ރ.އުނގޫފާރުން ނެގުމުގެ އިންތިޒާމް ހަމަޖެހިފައިވާކަމަށެވެ.

މި ޚިދުމަތް ފެށުމާ ގުޅިގެން ރ. އަތޮޅުގެ ރައްޔިތުން ވަނީ އުފާފާޅުކޮށްފައެވެ. އަދި މި ޚިދުމަތް އިތުރު އަތޮޅުތަކަށް ފުޅާކުރުމަށް ގިނަ ރައްޔިތުން ވަނީ އެދިފައެވެ.

މިއަދު އޮންލައިން