ރައީސް ޑރ. މުޢިއްޒު އުނގޫފާރަށް ވަޑައިގަތުމުން ރައްޔިތުން ހޫނު މަރުޙަބާއެއް ދަންނަވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 46ސ
ރައީސް ޑރ. މުޢިއްޒު އުނގޫފާރަށް ވަޑައިގަތުމުން ރައްޔިތުން ހޫނު މަރުޙަބާއެއް ދަންނަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ރ. އުނގޫފާރަށް ވަޑައިގަތުމުން އެރަށުގެ ރައްޔިތުން ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. މިއީ ރައްޔިތުންގެ ޙާލު ބެއްލެވުމަށް ރައީސް ކުރައްވާ ދަތުރުފުޅެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

ރައީސް އޮފީހުން މަޢުލޫމާތު ދެއްވިގޮތުގައި، މި ދަތުރުފުޅުގައި ރައީސް ޑރ. މުޢިއްޒު ވަނީ ކައުންސިލްތަކާއި، ޑަބްލިއުޑީސީގެ މެންބަރުންނާއި އަދި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައެވެ. މި ބައްދަލުވުންތަކުގައި ރަށުގެ ތަރައްޤީއާއި ރައްޔިތުންގެ ކަންބޮޑުވުންތަކާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށް ވަނީ ރޭވިފައެވެ.

ރައީސް ޑރ. މުޢިއްޒުގެ އަމާޒަކީ އެމަނިކުފާނުގެ ރިޔާސީ ދައުރުގެ ތެރޭގައި ދިވެހިރާއްޖޭގެ ކޮންމެ ރަށަކަށް މަދުވެގެން ދެފަހަރު ވަޑައިގަތުންކަން ރައީސް އޮފީހުން ހާމަކުރެއްވިއެވެ. މިގޮތުން، މި ދަތުރުފުޅުގައި ރ. އަތޮޅުގެ 11 ރަށަކަށް ރައީސް ދަތުރުކުރައްވާނެ ކަމަށް ވަނީ ހާމަކުރައްވާފައެވެ.


މިއަދު އޮންލައިން