އުނގޫފާރުގައި 500 ހައުސިންގ ޔުނިޓް މި ދައުރުގައި އަޅާނެ: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 21ސ
އުނގޫފާރުގައި 500 ހައުސިންގ ޔުނިޓް މި ދައުރުގައި އަޅާނެ: ރައީސް

އުނގޫފާރުގައި 500 ހައުސިންގ ޔުނިޓް މި ދައުރުގައި އަޅާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އުނގޫފާރަށް ވަޑައިގެން، އެ ރަށުގެ ތަރައްޤީއާއި ކުރިއެރުމަށް ކުރައްވަން ނިންމަވާފައިވާ ކަންކަމަށް އަލިއަޅުއްވާލައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވި ގޮތުގައި، މި އަހަރުގެ ބަޖެޓުގައި ގެދޮރުވެރިކަމުގެ މަޝްރޫޢުތަކަށް އިސްކަން ދީފައިވެއެވެ. މިގޮތުން، މި އަހަރާއި އަންނަ އަހަރު ރ. އުނގޫފާރުގައި ގެދޮރު އެޅުމުގެ މަސައްކަތް ފެށޭނެ ކަމަށާއި، ޖަނަވަރީ މަހު ނިމުމުގެ ކުރިން ކޮންޓްރެކްޓަރުން ހޯދައި މަސައްކަތް ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އުނގޫފާރުގެ ތަރައްޤީއާ ގުޅޭ ގޮތުން ރައީސް އިތުރު މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ކުރިއަށް އޮތް 3 އަހަރު ދުވަހުގެ ތެރޭގައި އުނގޫފާރު ހޮސްޕިޓަލު ޓާޝަރީ ފެންވަރަށް އަޕްގްރޭޑްކުރެވޭނެ ކަމަށެވެ. އަދި އުނގޫފާރަކީ އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްޤީކުރާ 7 ރަށުގެ ތެރެއިން އެއް ރަށް ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އުނގޫފާރުގައި ބިން ހިއްކައި ހިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށާއި، އުނގޫފާރު ސްކޫލުގައި އެއްދަންފަޅިއަށް ކިޔަވައިދިނުމަށް ކްލާސްރޫމްތަކާއި ވަސީލަތްތައް ޤާއިމްކުރެވޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، މި މަސައްކަތްތަކަކީ ސަރުކާރާއި ކައުންސިލާއި ރައްޔިތުން ގުޅިގެން ކުރަންޖެހޭ ކަންކަން ކަމަށެވެ. އަދި ހުރިހާ ރަށެއްގައިވެސް ގެދޮރުވެރިކަމުގެ މަޝްރޫޢުތައް ފެށޭނެ ކަމަށް ރައީސް އުންމީދު ފާޅުކުރެއްވިއެވެ.

މިއަދު އޮންލައިން