ފިރިމީހާ ދާތަންތަނާ އެކުގަ އުޅޭ މީހުންނާމެދު ސުވާލުކުރާތީ އަނބިމީހާދެކެ ރުޅިނާންނާށެވެ! އެސުވާލުތައް ކުރަނީ ލޯބިވާތީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ފިރިމީހާ ދާތަންތަނާ އެކުގަ އުޅޭ މީހުންނާމެދު ސުވާލުކުރާތީ އަނބިމީހާދެކެ ރުޅިނާންނާށެވެ! އެސުވާލުތައް ކުރަނީ ލޯބިވާތީ!

ފިރިމީހާ ގެއިން ބޭރަށްދާނަމަ ދާތަނަކާއިބެހޭ ގޮތުން އަނބިމީހާ ސުވާލުކޮށްފިނަމަ އަދި އެކުގައި އުޅޭ މީހުންނާއި ބެހޭ ގޮތުން ސުވާލުކޮށްފިނަމަ ގިނަ ބައަކު ރުޅި އައުދެއެވެ. ހީކުރަނީ އަނބިމީހާ ތިމާގެ ހުރިހާ ކަނަކަމަށް ބެހި ކޮންޓްރޯލްކުރަން އުޅެނީ ކަމަށެވެ. ނަމަވެސް އެއީ އެއްގޮތަކަސްވެސް ރަނގަޅު ވިސްނުމެއް ނޫނެވެ.  

އަނބިމިހާ އެސުވާލުތައް އެކުރަނީ ފިރިމީހާ ދެކެ ލޯބިވާތީއެވެ. އަދި ގިނަ އަނބިން އިތުރު ސުވާލެއްވެސް ކުރެއެވެ. އެއީ އެނބުރި ގެއަށް އަންނާނެ ވަޤުތެކެވެ. އެއީ ފިރިމީހާއަށް އިންތިޒާރުކުރަން ބޭނުންވާތީއެވެ.  

ހަމަ އެއާއިއެކު އެހެން ބޭނުމެއްވެސް އޮވެއެވެ. އެއީ ދެމަފިރިން އެކުގައި ވީހާގިނަ ވަޤުތު ހޭދަކުރުމެވެ. ވީމާ ފިރިން ބޭރަށްދާން ރުހުނަސް ވީހާއަވަހަކަށް އެނބުރި އައުމަށް އެދޭނެއެވެ. އެއީ ކޮންމެހެން ހައްޔަރުކޮށްގެން ގެންގުޅެން ބޭނުންވާތީއެއް ނޫނެވެ. ކުރިން މިބުނި ފަދައިން ވީހާ ގިނަ ވަޤުތުތަކެއް އެކުގައި ހޭދަކުރަން ބޭނުންވާތީއެވެ.  

އެއީ އަނބިމީހާ ދެކެ ޙަޤީޤީ ލޯބިވާ ހެޔޮލަފާ ފިރިއަކުނަމަ އަނބިމީހާ އެކަނި ބޭރަށްދާނަމަ މާގިނަ ސުވާލުތައް ކުރާނެއެވެ. ވީމާ ފިރިން ގެއިން ބޭރަށްދާނަމަ އަނބިންކުރާ ސުވާލުތަކާއި ގުޅިގެން ރުޅިއަންނަންވީ ކީއްވެގެން ހެއްޔެވެ؟  

ލޮބުވެތި އަޚުންނާ އުޚުތުންނޭވެ! މިހައި ތަނަށް ކުރެވިފައިވާ ހުރިހާ ދިރާސާތަކުންވެސް އެނގޭ ގޮތުގައި ގިނަ ވަޤުތު އެކުގައި ހޭދަކުރާނަމަ ޖެހޭ މައްސަލަތައް ވަރަށް ބޮޑުތަނުން މަދުވެއެވެ. އަދި މައްސަލައެއް ޖެހުނަސް އެކަން ޙައްލުކުރަންވެސް ފަސޭހަވެއެވެ. ފަސޭހައިން ޙައްލުކުރެވެއެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅުން

މިއަދު އޮންލައިން