ﷲ ތަޢާލާގެ ޙަޟްރަތުން މަތީ ދަރަޖަ ހޯދެން އޮތީ އެކަމަށް މަސައްކަތްކޮށްގެންނެވެ. އެކަލާނގެ ޙަމްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ޢަމަލުތައްކުރުން ގިނަކުރިވަރަކުންނެވެ.
ﷲގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަންބޮޑު ޢަމަލުތަކަކީ: -
-މޫމިނެއްގެ ހިތަށް އުފާވެރިކަން ވައްދައިދިނުން، -
-އޭނާ އަށް ދަތިވެފައިވާކަމެއް ފަސޭހަކޮށްދިނުން،
-އޭނާގެ ދަރަންޔެއް ފިލުވާލަ ދިނުން،
-އޭނާގެ ކިބައިން ބަނޑުހައިކަން ފިލުވާލަ ދިނުން." )ޙަދީޘް(
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
މި 4 ކަންތަކަށް ބެލިނަމަވެސް އެއިގައި ހިމެނެނީ އަހުރެމެން އަހުރެމެން އެކަކު އަނެކަކަށް ކޮށްދޭން ހުރި ކަންކަމެވެ. ދެމަފިރިން އެކަކު އަނެކަކަށް ކޮށްދޭންހުރި ކަންކަމެވެ. އެނގިގެންދަނީ މީހުންގެ ހިތުގައި ނުޖެއްސުމާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަތިވެރިކަން ބޮޑުކަމެވެ.