ސުވަރުގޭގައިވެސް ބައިވެރިޔާއާއެކުގައި ވުމަށް އެދޭމީހާ ބައިވެރިޔާގެ ހިތުގަ ނުޖައްސުވައި ލޯބިދީގެން ދުނިޔޭގަ ބައިވެރިއާއިއެކުގައިވާށެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
ސުވަރުގޭގައިވެސް ބައިވެރިޔާއާއެކުގައި ވުމަށް އެދޭމީހާ ބައިވެރިޔާގެ ހިތުގަ ނުޖައްސުވައި ލޯބިދީގެން ދުނިޔޭގަ ބައިވެރިއާއިއެކުގައިވާށެވެ!: މުފްތީ މެންކް

ދިރިއުޅުމުގައި ޢަމަލުކުރެވޭ ގޮތުން ޤިޔާމަތް ދުވަހު ބައިވެރިޔާ އާއި ދަޢުވާ ކުރަން ބޭނުންވާ މީހުން ބައިވަރެވެ. ޤިޔާމަތް ދުވަހު ލޮލަށް ފެންނަން ބޭނުން ނުވާ މީހުންވެސް ބައިވަރެވެ. އެފަދަ ދެމަފިރިއަކަށް ސުވަރުގެއިން ބައްދަލުކުރެވޭނެ ހެއްޔެވެ؟ ނުވަތަ އެކުގައި ސުވަރުގެ ވަދެވޭނެ ހެއްޔެވެ؟ 

ވީމާ ބައިވެރިރާ ތިމާއާއިއެކު ސުވަރުގޭގައިވެސް ވުމަށް އެދޭމީހާ ފުރަތަމަ ކަމަކަށް ދުނިޔޭގައި ބައިވެރިޔާކާއިއެކުގައިވާށެވެ!  

ބައިވެރިޔާއާއިމެދު ތިމާ ހިތަށް އެރިހައި ގޮތަކަކަށް ކަންކަންކުރަމުން ބައިވެރިޔާ ގެންގުޅުމަކީ އަދި ބައިވެރިޔާ އާއިއެކުގައި ވުމެއް ނޫނެވެ. ބައިވެރިޔާއާއިއެކުގައިވުމަށް އޭނާއަށް ހެޔޮއެދޭށެވެ! އޭނާއަށް އޯގާތެރިކަމާއިއެކު ރަނގަޅަށް ކަންތައްތައްކުރާށެވެ! ބައިވެރިޔާއަށް ލޯބިދޭށެވެ! ހިތުގައި ނުޖައްސާށެވެ. ނުރޮއްވާށެވެ! ރަޙުމާއި ކުލުނުވެރިކަމާއިއެކު ކަންކަންކުރަމުން ގެންދާށެވެ!  

ކައިވެނިކޮށްގެން ތިބޭއިރު ދައްކާވާހަކައިގައި ތިމާ ސުވަރުގެ ވަންނަން ބޭނުންވަނީ ބައިވެރިޔާ އާއިއެކުގައި ކަމަށް ބުނާ މީހުން ވަރަށް ގިނައެވެ. އެކަމަށް ފުރަތަމަ ފުރިހަމަކުރަންޖެހޭ ޝަރުޠު މިބަޔާންކުރީއެވެ. އަހުރެންގެ ސުވާލަކީ އެ ޝަރުޠު އެބަ ފުރިހަމަކުރަން ހެއްޔެވެ؟  

ސުވަރުގެ ވައްދަވާނީ ޤިޔާމަތްދުވަހުއެވެ. އެއިގެ ކުރިން މަރުވަންދެން އުޅެން މިޖެހެނީ ދުނިޔޭގައެވެ. ވީމާ ދުނިޔޭގައި އެކަކު އަނެކަކަށް ލޯބިނުކޮށް، ގުޅުން ނުބާއްވައި، ކަމޭނުހިތައި އަހަރެން ސުވަރުގޭގައިވާން ބޭނުމީ ބައިވެރިޔާ އާއިއެކުގައި ކަމަށް ބަނަން ހެޔޮވެސްވާނީ ކިހިނަކުން ހެއްޔެވެ؟ 

ސުވަރުގެ ވައްދަވާނެ އަޅުން ކަނޑައަޅުއްވަވާނީ ﷲ ތަޢާލާއެވެ. އެކަމަށް އެއްވެސް މީހަކަށް، ރަސޫލްބޭކަލަކަށް، ނަބީބޭކަލަކަށް އަދި މަލާއިތަކަށްވެސް ކުރެއްވެވޭނެ އެއްވެސް ކަމެއް ނުއޮންނާނެއެވެ! އެކަން ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ، އެކަލޭގެފާނުގެ ލޮބުވެތި ދަރިކަނބަލުންނަށް ކުރެއްވެވި ޙަދީޘްފުޅުން އެއޮތީ އެނގޭށެވެ!  

ނަމަވެސް ދުނިޔޭގައި އުޅެން ލިބިފައިވާ ފުރުޞަތުގައި ކޮންމެ މީހަކަށްވެސް ﷲ ތަޢާލާ ދެއްވަވާފައިވާ އިޚްތިޔާރުގެ ބޭނުންކޮށްގެން އަނެކާއަށް ހެޔޮކޮށްހިތައި ލޯބިން ދިރިއުޅެވިދާނެއެވެ! އޯގާތެރިވެވިދާނެއެވެ. ވަފާތެރިވެސްވެވިދާނެއެވެ. ލޯތްބާއި ކުލުނުވެރިކަން ދެމެހެއްޓިދާނެއެވެ. ވީމާ އެކަންކަން ނުކޮށް ހިތަށްއެރިހައި ދުނިޔޭގައި ޙަޔާތްވޭތިކުރުމަށްފަހު ތިމާ ބޭނުންވަނީ ބައިވެރިޔާ އާއިއެކުގައި ސުވަރުގޭގައިވުމަށް ކަމަށް ބުނުމަކީ ކޮންގޮތަކުން ޤަބޫލުކުރެވޭނެ ކަމެއް ހެއްޔެވެ؟

 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން