މަޝްހޫރު ކުޅިވަރު ކުޅުންތެރިންނާ ފަންނާނުންގެ ނަންތައް އެނގޭއިރު އޮނަސައްތަ އިސްމްފުޅުގައިވާ ﷲ ތަޢާލާގެ ނަންފުޅުތައް ނޭނގުނީމާ ސުވަރުގެ ހޯދަން މަސައްކަތްކުރާ މީހަކަށް ވާނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 15ސ
މަޝްހޫރު ކުޅިވަރު ކުޅުންތެރިންނާ ފަންނާނުންގެ ނަންތައް އެނގޭއިރު އޮނަސައްތަ އިސްމްފުޅުގައިވާ ﷲ ތަޢާލާގެ ނަންފުޅުތައް ނޭނގުނީމާ ސުވަރުގެ ހޯދަން މަސައްކަތްކުރާ މީހަކަށް ވާނެތަ؟

މި ޙަދީޘްފުޅަށް ބަލައިލަމާ ހިނގާށެވެ! 

حَدَّثَنَا عَلِيُّ بْنُ عَبْدِ اللَّهِ، حَدَّثَنَا سُفْيَانُ، قَالَ حَفِظْنَاهُ مِنْ أَبِي الزِّنَادِ عَنِ الأَعْرَجِ، عَنْ أَبِي هُرَيْرَةَ، رِوَايَةً قَالَ‏

"‏ لِلَّهِ تِسْعَةٌ وَتِسْعُونَ اسْمًا، مِائَةٌ إِلاَّ وَاحِدًا، لاَ يَحْفَظُهَا أَحَدٌ إِلاَّ دَخَلَ الْجَنَّةَ، وَهْوَ وَتْرٌ يُحِبُّ الْوَتْرَ ‏"‏‏.‏

Narrated Abu Huraira:

Allah has ninety-nine Names, i.e., one hundred minus one, and whoever believes in their meanings and acts accordingly, will enter Paradise; and Allah is witr (one) and loves 'the witr' (i.e., odd numbers).

Sahih Bukhari Volume 8 / Book 75 / Hadith 419  

حَدَّثَنَا أَبُو الْيَمَانِ، أَخْبَرَنَا شُعَيْبٌ، حَدَّثَنَا أَبُو الزِّنَادِ، عَنِ الأَعْرَجِ، عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ "‏ إِنَّ لِلَّهِ تِسْعَةً وَتِسْعِينَ اسْمَا مِائَةً إِلاَّ وَاحِدًا مَنْ أَحْصَاهَا دَخَلَ الْجَنَّةَ ‏"‏‏.‏

Narrated Abu Huraira:

Allah's Messenger () said, "Allah has ninety-nine names, i.e. one-hundred minus one, and whoever knows them will go to Paradise." (Please see Hadith No. 419 Vol. 8) 

Reference

 : Sahih al-Bukhari 2736

 

ޙަދީޘްފުޅުން އެނގިގެންދަނީ ﷲ ތަޢާލާގެ 99 ފުޅު (އޮނަސައްތަ އިސްމްފުޅު) ހިތުދަސްކޮށް ހިތުގައި ބިންވަޅު ނަގައި އެނަންފުޅުތަކަށް ފުރިހަމަ ޢަމަލުކޮށްފި މީހާ ސުވަރުގެ ވައްދަވާނެކަމެވެ. 

ދުޢާކުރުމުގައި އެނަންފުޅުތަކުން ވާގިއެދޭށެވެ! ހިންމަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ 

މިހިރަ ކަންކަމަކީ ކުރަން އެހައިބޮޑު ކަންކަމެއް ނޫނެވެ. އަސްމާއުލްޙުސްނާ ދަސކުރަންވީއެވެ. މާނަދަސްކުރަންވީއެވެ. މިހާރު ދުނިޔޭގެ ހުރިހާ ބަހަކުންވެސް މާނަ ލިޔެވިގެންވެއެވެ. އިންޓަރނެޓުން ހޯދެން އެބައޮތެވެ. އެކަން ނުކޮށް ތިބާއަށް އެއްވެސް ފައިދާއެއް މިދުނިޔޭގައިވެސް ނުކުރާނެ ބައެއްގެ ނަންތައް ދަސްކުރަނީ ކީއްކުރަންހެއްޔެވެ؟ 

އޮނަސައްތަ އިސްމްފުޅު ލިޔެފައި ހުންނަ ޕޯސްޓަރުތައް ބައެއް ގޭގޭގައި ބަހައްޓާފައި ހުރެއެވެ. ބައެއް ޢިލްމްވެރިން ވިދާޅުވަނީ ޕޯސްޓަރު ބެހެއްޓުމުން ފައިދާކުރާނީ ދަސްކުރާނަމަ ކަމަށެވެ. ކުޑައިރުންސުރެ ލޮލަށް ފެންނަ ޕޯސްޓު ތިމާ ބޮޑުވާއިރުވެސް ދަސްނުކުރެވޭނަމަ ކުރާނެ ފައިދާއެއް ނެތް ކަމަށެވެ. 

އަދިވެސް ވިސްނައިލާށެވެ! ދުނިޔޭގައި އުޅޭ މަޝްހޫރު އެންމެންގެ ނަންތައް ހިތުދަހެވެ. ދުވަހަކު ލޮލަށް ނުވެސްފެންނަ ކުޅިވަރުކުޅުންތެރިނާއި ދުވަހަކު އެންމެ ސެންޓެއްވެސް ތިމާއަށް ނުދޭ ބިލިއަނަރުންގެ ނަންތައްވެސް ހިތުދަހެވެ. މަޝްހޫރު ފަންނާނުންގެ ނަންތައްވެސް ހަމަ ހިތުދަހެވެ. އެމީހުންގެ ވަނަވަރުތައްވެސް ހިތުދަހެވެ. އެހެންވެ އަހުރެން މިކުރާ ސުވާލަކީ އެކަމުން ތިބާއަށް ކުރަނީ ނުވަތަ ކުރާނީވެސް ކޮން ފައިދާއެއް ހެއްޔެވެ؟ 

އޮނަސައްތަ އިސްމްފުޅުގައިވާ ނަންފުޅުތައް ދަސްކުރާށެވެ. ފައިދާކުރާނީ މާނައާއިއެކު ދަސްކުރުމުންނެވެ. ދުޢާކުރަން ބޭނުންވާ ވަޤުތުތަކުގައި އެދުޢާއަކާއި ގުޅުންހުރި ނަންފުޅެއް ބޭނުންކޮށްގެން ދުޢާކުރަން ފަސޭހަވާނީވެސް އެއިރުންނެވެ. އަދި އެއީ ﷲ ތަޢާލާގެ މަތިވެރިވަންތަކަން އިތުރަށް އެނގި ތަޤްވާވެރިކަން އިތުރުކުރުމަށްވެސް އޮތް މަގެކެވެ. 

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން