ރައީސް މުޢިއްޒު ހުޅުދުއްފާރަށް ވަޑައިގަތުމުން ހޫނު މަރުޙަބާއެއް ކިޔައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
ރައީސް މުޢިއްޒު ހުޅުދުއްފާރަށް ވަޑައިގަތުމުން ހޫނު މަރުޙަބާއެއް ކިޔައިފި

ރ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ފުރަތަމަ މަންޒިލުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހުޅުދުއްފާރަށް ވަޑައިގަތުމުން، އެރަށުގެ ރައްޔިތުން ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

ރައްޔިތުންގެ ޙާލު ބެއްލެވުމަށް ކުރައްވާ މި ދަތުރުފުޅުގައި، ރައީސް މުޢިއްޒު ވަނީ ހުޅުދުއްފާރު ކައުންސިލް، އަންހެނުންގެ ކޮމިޓީ އަދި ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ރަށުގެ ތަރައްޤީއާ ގުޅޭ މުހިންމު މަޝްވަރާތަކެއް ކުރެވުނު ކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދެއްވިއެވެ.

ހުޅުދުއްފާރުގައި ހޭދަކުރެއްވި ވަގުތުކޮޅުގެ ތެރޭގައި، ރައީސް މުޢިއްޒު ވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަދި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ އޭޓީއެމް ޤާއިމުކުރުމާ ގުޅޭ ކަންކަން ނިންމަވާފައެވެ. މިއީ ރަށުގެ ރައްޔިތުންނަށް ފަސޭހައިން ބޭންކިންގ ޚިދުމަތް ލިބިގަތުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ފާހަގަކުރެވެއެވެ.

ހުޅުދުއްފާރުގެ ޒިޔާރަތް ނިންމަވާލައްވާފައި، ރައީސް މުޢިއްޒު ވަނީ ރ. މަޑުއްވަރީއަށް ވަޑައިގެންފައެވެ. މި ދަތުރުފުޅުގައި ރައީސް ވަޑައިގަންނަވާނީ ރ. އަތޮޅުގެ 11 ރަށަކަށެވެ.

 

މިއަދު އޮންލައިން