ރާއްޖޭގައި ރޫހާނީ ފަރުވާ ދޭކަމަށް އިޝްތިހާރުކުރި އިންޑިއާގެ 3 ބިދޭސީން އިމިގްރޭޝަނުން ހައްޔަރުކޮށްފިއެވެ. މި މީހުންނަކީ 39، 25 އަދި 18 އަހަރުގެ ފިރިހެނުންކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.
އިމިގްރޭޝަނުގެ ފަރާތުން ބުނެފައިވަނީ މިހާރު ދަނީ މި މީހުން ޑީޕޯޓްކުރުމުގެ މަސައްކަތް ކުރަމުން ކަމަށާއި މި މައްސަލައިގައި އިތުރު ތަޙްޤީޤުތައް ކުރިއަށްދާކަމަށް އެ އޮފިޝަލް ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަޙްޤީޤުވެސް ކުރިއަށްދާކަމަށް ފުލުހުންގެ ފަރާތުން ބުނެފައިވެއެވެ. ފުލުހުންގެ ތަޙްޤީޤުގައި މި މީހުން ރާއްޖޭގައި ހިންގި ޙަރަކާތްތަކާއި، އެމީހުންނާ ގުޅުންހުރި އެހެން ފަރާތްތަކެއް ވޭތޯ ބަލަމުންދާކަމަށް ފުލުހުން ބުނެފައިވެއެވެ.
މީގެ ކުރިންވެސް ރާއްޖޭގައި އެހެން ދީންތައް އިޝްތިހާރުކުރުމުގެ މައްސަލަތައް ފުލުހުން ބަލާފައިވާކަން ފާހަގަކުރެވެއެވެ.