ދުންފަތާ ދެކޮޅަށް މަސައްކަތް ފެށްޓެވީ ޤައުމީ ވިސްނުމުގައި: ރައީސް ޑރ.މުޢިއްޒު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
ދުންފަތާ ދެކޮޅަށް މަސައްކަތް ފެށްޓެވީ ޤައުމީ ވިސްނުމުގައި: ރައީސް ޑރ.މުޢިއްޒު

ދުންފަތާ ދެކޮޅަށް ސަރުކާރުން ފަށާފައިވާ މަސައްކަތަކީ ޤައުމީ ވިސްނުމުގައި ކުރާ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.  

ރައީސް މުޢިއްޒު ވިދާޅުވީ، "މިއީ ވަކި ބަޔަކަށް ފައިދާ ހޯދުމަށް ނުވަތަ ދައުލަތަށް ފައިސާ ހޯދުމަށް ކުރާ ކަމެއް ނޫން. އަޅުގަނޑުމެން ދުންފަތުން ލިބޭ ޓެކްސްއަށް ބަރޯސާވެ އާމްދަނީ ހިސާބު ނުކުރާނަން. މިއީ ރައްޔިތުންގެ ސިއްޙަތާއި ދުޅަހެޔޮކަމަށްޓަކައި ކުރާ މަސައްކަތެއް."

ދުންފަތުގެ ބާވަތްތައް އެއްފަހަރާ މަނާކުރުމާ ގުޅޭގޮތުން ރައީސް ވިދާޅުވީ، "ވޭޕް ފަދައިން ދުންފަތުގެ ބާވަތްތައް އެއްފަހަރާ މަނާނުކުރެވޭނެ. އަޅުގަނޑުމެން މިކަން ކުރާނީ ހަރުފަތްތަކަކަށް ބަހާލައިގެން." ކަމަށެވެ.

ދުންފަތުގެ ވަބާއިން ސަލާމަތްވުމަށް ރައްޔިތުންގެ އެއްބާރުލުން މުހިންމުކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ، "މިކަމުގައި ކާމިޔާބު ވެވޭނީ ރައްޔިތުންގެ އެއްބާރުލުން ލިބިގެން. އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ."

ދުންފަތާ ދެކޮޅަށް ސަރުކާރުން ފަށާފައިވާ މި މަސައްކަތަކީ ދިގު މުއްދަތަކަށް ރޭވިފައިވާ މަސައްކަތެއްކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި މި މަސައްކަތުގައި ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށް ވިދާޅުވިއެވެ.

މިއަދު އޮންލައިން