ރަސްމާދޫގައި ބީއެމްއެލްގެ އޭޓީއެމް ބެހެއްޓުމަށް އެއްބަސްވުމުގައި ސޮއިކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 52ސ
ރަސްމާދޫގައި ބީއެމްއެލްގެ އޭޓީއެމް ބެހެއްޓުމަށް އެއްބަސްވުމުގައި ސޮއިކޮށްފި

ރ. ރަސްމާދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމްއެއް ބެހެއްޓުމަށްޓަކައި އެ ރަށު ކައުންސިލާއި ބޭންކާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރެވުނީ ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުގައި ރަސްމާދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވި ޖަލްސާގައެވެ.

މި އެއްބަސްވުމުގައި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ ބަދުރުއްދީން ޙަސަންއެވެ. އަދި ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ މުޙައްމަދު ޢާޞިފްއެވެ.

ސަރުކާރުން ނިންމާފައިވަނީ 2024 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފޯރުކޮށްދިނުމަށެވެ. މި މަސައްކަތުގެ ތެރެއިން ރަސްމާދޫގައިވެސް އޭޓީއެމްއެއް ބެހެއްޓުމަށް މިހާރު ވަނީ އެއްބަސްވެވިފައެވެ.

މި އޭޓީއެމް ބެހެއްޓުމުން ރަސްމާދޫގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ބޭންކިންގ ޚިދުމަތްތައް ލިބިގެންދާނެއެވެ. އަދި މިއީ އެ ރަށުގެ އިޤްތިޞާދީ ދުވެލި އިތުރުވުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމުގައި ބެލެވެއެވެ.

މިއަދު އޮންލައިން