ހަނދުމަކޮށްދިނުމެއް! ހަނދާން ނައްތާލައިގެން ނުވާނެ 3 ދުޢާއެއް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ހަނދުމަކޮށްދިނުމެއް! ހަނދާން ނައްތާލައިގެން ނުވާނެ 3 ދުޢާއެއް-

ބައެއް ދުޢާތަކަކީ ކަމަކަށް ބޭނުންވުމުން ކުރަން ހުންނަ ދުޢާއެވެ. އަނެއްބައި ދުޢާތަކަކީ އަބަދުވެސް ކުރުންމަތީގައޮ ދެމިހުންނަން ޖެހޭ ދުޢާތަކެކެވެ. އެގޮތުން ތިރީގައި އެވަނީ އަބަދުވެސް ކުރަމުން ގެންދަން އޮތް މުހިންމު ދުޢާތަކުގެ ތެރޭގައި ހިމެނޭ 3 ދުޢާއެކެވެ.  

ކޮންމެ މީހަކަށްވެސް އެންމެ މުހިންމުވާނެ ކަންކަމުގެ ތެރޭގައި ރަނގަޅު ނިމުމެއް ދެއްވެވުމާއި ދީނުގައި، އީމާންކަންމަތީގައި ޘާބިތުވެ ހުރުން ހިމެނޭތީއެވެ. 

"ހައްދަވާ ގެންގުޅުއްވާ އިލާހެވެ. އަޅަމެންގެ ނިމުން ރަގަޅުކޮށްދެއްވާފާންދޭވެ. މަރުވުމުގެ ކުރިން ނަޞޫޙް ތައުބާއަކުން ތައުބާ ވުމުގެ ތައުފީޤް ދެއްވާފާންދޭވެ .އޭ ހިއްތައް އެގޮތް މިގޮތަށް ފުރޮޅުއްވާ އިލާހެވެ. އިބަ އިލާހުގެ ދީނުގެ މަތީގައި މިއަޅާގެ ހިތް ޘާބިތުކޮށްދެއްވާފާންދޭވެ." އާމީން 

ثلاثة أدعية لٱ تنساها : اللهم إني اسألك حسن الخاتمة

اللهم ارزقني توبةً نصوحاً قبل الموت

اللهم يا مقلب القلوب ثبت قلبي على دينك

 

 -ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން