ލޯބިވުމަކީ މަކަރުވެރިން އެމީހުން ބޭނުންވާ އުފާ ޙާޞިލުކުރަން ބޭނުންކުރާ ހަތިޔާރަކަށް ހެދުން ގިނަވެއްޖެ! ސަލާމަތްކަން ހޯދުމަކީ އެމީހެއްގެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
ލޯބިވުމަކީ މަކަރުވެރިން އެމީހުން ބޭނުންވާ އުފާ ޙާޞިލުކުރަން ބޭނުންކުރާ ހަތިޔާރަކަށް ހެދުން ގިނަވެއްޖެ! ސަލާމަތްކަން ހޯދުމަކީ އެމީހެއްގެ ކަމެއް!

ލޯބިވުން އެއީ ކިތަންމެ ފައިދާހުރި، ރީތި، އަދި އެންމެންވެސް އެންމެ ބޭނުންވާ ކަންތައް ނަމަވެސް ލޯބިވުމުގެ ނަމުގައި ކުރެވެމުންދާ ކަންތައްތަކުގެ ސަބަބުން މިއަދު އެއީ އެއްވެސް އަގެއް ހުރި ނަމެއް ކަމެއް ކަމަކަށް ގިނަ ބައަކު ޤަބޫލެއްވެސް ނުކުރެއެވެ. 

އެހެންވެ ބައެއް މީހުންގެ ގާތުގައި އޭނާ ދެކެ ލޯބިވާކަމަށް ބުނާއިރަށް ވިއްދައިގެން ކުރާ ސުވާލަކީ ތިއައުޅެނީ އަހުރެންގެ ކިބައިން ކޮން ކަމަކަށް ބޭނުންވެގެންތޯއެވެ. މިޙާލަތަށް ކަންކަން ވެއްޓިގެންމިދަނީ މަކަރުވެރިން ނުވަތަ މަކަރުހަދާ މީހުން ގިނަވުމުންނެވެ. އަނެކާއަށް ލަނޑުދޭ މީހުން ގިނަވުމުންނެވެ. 

ނިކަން ވިސްނަބަލާށެވެ. ކޮންމެ އަހަރަކުވެސް ލޯބިވެރިންގެ ދުވަސް ފާހަގަކުރެއެވެ. އެދުވަހު ދެމީހުން އެކުގައި ތަންތަނަށްގޮސް އުފާކުރެއެވެ. އެރޭ އުފަލުގައި ނިދައެވެ. އަނެއް ދުވަހު ހޭލައިގެން ނުވަތަ ދާދިއަވަހަށް ލޯބީގެ ޙަޔާތް އެބަ ނިންމައިލައެވެ. މިވީ ކިހިނަކުން ހެއްޔެވެ؟ ލޯބިވުމަކީ އަރާފައި މަޑުނުވެ އޮއްސޭ ތަރިއަކީ ހެއްޔެވެ؟   

ލޮބުވެތި އެކުވެރިންނޭވެ! މިބާވަތުގެ ކަންކަން އަބަދު، ކޮންމެ ދުވަހަކުހެން ފެންނަމުން އަންނައިރު ސަމާލުވެ ހޭލުންތެރިވާށެވެ! އިމެއް ނެތި ހަމައެކަކުދެކެވެސް ލޯބިނުވާށެވެ! ކިތަންމެ ބޮޑަށް ލޯބިވީނަމަވެސް އިންތަކުގައި ހިފަހައްޓާށެވެ! 

އަލިފާން ނިއްވާ މީހުން އަލިފާން ނިއްވަން ވަންނަނީ ހޫނު ނުވާނެ ހެދުން ލައިގެން ނޫންހެއްޔެވެ؟ ލޯބިވުމަކީވެސް ހަމައެފަދަ ކަމެކެވެ. ލޯބިވެގެން އުޅުމަކީވެސް ހަމައެފަދަ ކަމެކެވެ. ރައްކައުތެރިވާންޖެހޭ މިންވަރަށް ރައްކައުތެރި ނުވެވިއްޖެނަމަ އޮންނާނީ ފިހިފައެވެ. އަނދައިގެން ގޮސްފައެވެ. ސަލާމަތްކަމާއި ރައްކައުތެރިކަން ލިބޭނީ ހޭލުންތެރިވެ އެމީހެއްގެ ނަފްސް ސަލާމަތްކުރި މީހަކަށެވެ. 

މިބުނަނީ ކިތަންމެ ބޮޑަށް ލޯބިވީނަމަވެސް ދީނުގެ އިންތައް ގިރާނުކުރުމަށެވެ. މަކަރުވެރިން އެމީހުން ބޭނުންވާ ކަންތައް ޙާޞިލުކުރެވެންދެން ލައްކަ ގިނަ ކުލަތައް ދައްކާނެއެވެ. އަތުގައި ފައިސާހުރިނަމަ ބެލުމެއްނެތި ހޭދަވެސްކުރާނެއެވެ. ބޭނުންވާ ކަންތައް ޙާޞިލުވުމާއިއެކު ދަންނަ މީހަކަށްވެސް ނުހަދާނެއެވެ. 

--ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅުން

މިއަދު އޮންލައިން