ހަނދުމަކޮށްދިނުމެއް!: ފަރުޟު ނަމާދުތަކާ ސުންނަތް ނަމާދުތަކުގައިވެސް ރުކުންތަކާ ވާޖިބުތައް ދަސްކުރަންވާނެ! ރަނގަޅަށް ނަމާދުކުރެވޭނީ އެނގިގެން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 42ސ
ހަނދުމަކޮށްދިނުމެއް!: ފަރުޟު ނަމާދުތަކާ ސުންނަތް ނަމާދުތަކުގައިވެސް ރުކުންތަކާ ވާޖިބުތައް ދަސްކުރަންވާނެ! ރަނގަޅަށް ނަމާދުކުރެވޭނީ އެނގިގެން

ސުންނަތް ނަމާދުތަކުގައި ބައެއްކަންކަން މަދުކުރެވިދާނެތޯ ގިނަ ބައަކު ސުވާލުކުރެއެވެ.  

ފަރުޟު ނަމާދާއި ސުންނަތް ނަމާދު ތަކުގައި ވެސް ނަމާދުގެ ރުކުންތަކާއި ވާޖިބުތަކުގައި އަދި ނަމާދުގައި ކިޔާ ދުޢާ ތަކާއި ޒިކުރު ތަކުގައި އެއްވެސް ތަފާތެއް ނުވެއެވެ. އެއީ ތަރާވީސް، ވިތުރި، ނުވަތަ ދަމުނަމާދު އަދި ޟުޙާ ނަމާދު އަދި ރަވާތިބު ސުންނަތްތައް ކަމުގައިވީނަމަވެސްމެއެވެ.

الشيخ محمد شافع 

ނަމާދުގެ ރުކުންތައް:

01- ފަރުޟުނަމާދުތަކުގައި ޤިޔާމަށް ހުރުން

02- ޙަރަމް ބަން ތަކުބީރުކިޔުން

03- ސޫރަތުލް ފާތިޙާ ކިޔެވުން

04- ކޮންމެ ރަކުޢަތެއްގައި ރުކޫޢު ކުރުން

05- 06- ރުކޫޢުން ތެދުވުމާއި އިޢްތިދާލުގައި ހުރުން

07- ސަޖިދަކުރުން

08- ސަޖިދައިން ތެދުވުމާއި ދެސަޖިދަ ދެމެދު އިނުން

09- ނަމާދުގެ ކޮންމެ ޙަރަކާތެއްގައި މަޑުވެލުން

10- 11- ފަހު އައްތަޙިއްޔާތާއި، ފަހު އައްތަޙިއްޔާތުގައި އިށީނުން

12- ފަހު އައްތަޙިއްޔާތުގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ޞަލަވާތްކިޔެވުން

13- ރުކުންތައް ތަރުތީބުކުރުން

14- ސަލާމްދިނުން

 

ނަމާދުގެ ވާޖިބުތައް: 

01- ތަކްބީރަތުލް އިޙްރާމް ފިޔަވައި އެހެން ތަކްބީރުތައް.

02- އިމާމްވެ ނަމާދުކުރާމީހާ އާއި މުންފަރިދު ’سمع الله لمن حمده‘ މިފަދައިން ކިޔުން.

03- މައުމޫމުވެ ނަމާދުކުރާމީހާ ’ربنا ولك الحمد‘ މިފަދައިން ކިޔުން

04- ރުކޫޢުގައި ’سبحان ربي العظيم‘ މިފަދައިން އެއްފަހަރު ކިޔުން

05-ސަޖިދައިގައި ’سبحان ربي الأعلى‘ މިފަދައިން އެއްފަހަރު ކިޔުން

06-ދެސަޖިދަ ދެމެދުގައި ’رب اغفرلي‘ މިފަދައިން ކިޔުން

07- ފުރަތަމަ އައްތަޙިއްޔާތު ކިޔުން

08- ފުރަތަމަ އައްތަޙިއްޔާތުގައި އިނުން

 

-  ޝައިޚް މުޙައްމަދު ޝާފިޢު

 

މިއަދު އޮންލައިން