ދެއަންތބަށް ކައިވެނިކުރާއިރު ފުރިހަމަކުރަންޖެހޭ އެންމެ މުހިންމު ޝަރުޠު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ދެއަންތބަށް ކައިވެނިކުރާއިރު ފުރިހަމަކުރަންޖެހޭ އެންމެ މުހިންމު ޝަރުޠު-

ފިރިހެނުންގެ ކިބައިގައި ކެރިކުޅަދާނަކަން ހުރިނަމަ އިތުރު އަނބިން ހޯދުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ވިސްނައިލަންޖެހޭނެ ކަމަކީ ފުރަތަމަ އަނބިމީހާއަށްވެސް ދިރިއުޅެވޭނެ މަގު ދައްކަންޖެހޭކަމެވެ. ވީމާ އިތުރު ކައިވެނިކުރަންވާނީ އިތުރުކުރާ އަނބިންނަށްވެސް ބޯހިޔާވަހިކަމާއި ދިރިއުޅެވޭނެ މަގު ފަހިކޮށްދެވޭނެ ނަމައެވެ. ޚަރަދުބަރަދު ބެލެހެއްޓޭނެ ނަމައެވެ. ދެވަނަ ކައިވެނިކުރުމުން ކުރަންޖެހޭ ޚަރަދުތައް ބޮޑުވާތީ އެކަމުގެ ތަކްލީފްތައް ފުރަތަމަ އަނބިމީހާއަށް އުފުލަން ނުޖައްސުވައި ކަންކަން ކޮށްދެވޭނެ ނަމައެވެ.

- ނުފްތީ މެންކް 

ސުވާލު: ދެ ގެއެއްގައި ގެންގުޅެވެން ނެތް ހާލަތެއްގައި ދެ އަނބިން އެއް ގެއެއްގައި ގެންގުޅުމަކީ ކޮންކަހަލަ ކަމެއް؟  

ޖަވާބު: ދެ އަނތްބަށް ކައިވެނި ކުރަންވާނީ ކޮންމެ އަންތބަކަށް ވެސް ވަކި ދިރިއުޅުމެއް ހޯދައިދެވޭނެ ފަދަ ތަނަވަސްކަން ހުންނަ މީހުން

- ޖަވާބުދެއްވީ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް 

އަނބިމީހާގެ ކިބައިގައި ގެދޮރުގެ ތަނަވަސްކަން ހުރުމުން ފިރިމީހާ އެގޭގައި ގެންގުޅޭނަމަ އެއީ އަނބިމީހާގެ ހެޔޮކަމެވެ. ނަމަވެސް ކައިވެނިކުރުމަށްފަހު އިންނާނެ ތަނެއް ދެއްކުމަކީ ފިރިމީހާގެ ވާޖިބެކެވެ. ދެ އަނބިން އެއްގެއަކަށް ގަދަކަމުން ވައްދައިގެން މަޞްލަޙަތު ގެއްލުވައިލުމުގެ ޙައްޤު ފިރިމީހާއަކަށް ނުއޮވެއެވެ. އަދި އެކަންވާނީ ދެ އަނބިންނަށްވެސް ދެވޭ އަނިޔާއަކަށެވެ.

 

މިއަދު އޮންލައިން