ކިނޮޅަހުގައި ކުޑަކުދިންނަށް ޕާކެއް އަޅުއްވައިދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 54ސ
ކިނޮޅަހުގައި ކުޑަކުދިންނަށް ޕާކެއް އަޅުއްވައިދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރ. ކިނޮޅަހަށް ކުރެއްވި ދަތުރުފުޅުގައި، އެރަށުގެ ކުޑަކުދިންނަށް ޕާކެއް އަޅުއްވައިދެއްވާނެކަމުގެ ޔަޤީންކަން ދެއްވައިފިއެވެ.

ކިނޮޅަހުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމެއްގައި ރައީސް މުޢިއްޒު ވިދާޅުވީ، ރަށްރަށުގެ ތަރައްޤީގެ މަޝްރޫޢުތައް އަވަސް ސްޕީޑުގައި ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި މިއަހަރު ގިނަ އިޖްތިމާޢީ މަޝްރޫޢުތަކެއް ނިންމަވާނެކަމަށް ވަޢުދުވެވަޑައިގަތެވެ.

"ކުޑަކުދިންނަށް ޕާކެއް އަޅުއްވައިދެއްވުމަކީ މިރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު އެދުމެއް. އަޅުގަނޑުމެން މިކަމަށް ބޭނުންވާ މިންވަރު ފާހަގަކޮށް، އިރާދަކުރެއްވިއްޔާ ވީ އެންމެ އަވަހަކަށް މިކަން ފުރިހަމަކޮށްދޭނަން،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް މުޢިއްޒުގެ މި ދަތުރުފުޅަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ތަރައްޤީގެ މަޝްރޫޢުތައް ބައްލަވާލެއްވުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން އެއް ދަތުރުފުޅެވެ. މި ދަތުރުފުޅުގައި ރައީސް ވަނީ ރަށުގެ އެހެނިހެން ތަރައްޤީގެ މަޝްރޫޢުތަކާ ބެހޭގޮތުންވެސް މަޝްވަރާކުރައްވާފައެވެ.

މިއަދު އޮންލައިން