ބިދޭސީއަކަށް ބިރުދައްކައި ފައިސާ ފޭރިގަތް މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 50ސ
ބިދޭސީއަކަށް ބިރުދައްކައި ފައިސާ ފޭރިގަތް މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފި

މާލޭގެ ރަސްފަންނެ ރަސްފަންނު ސަރަހައްދުގައި ބިދޭސީއަކަށް ބިރުދައްކައި ފައިސާ ފޭރިގަތް މައްސަލައެއް ރޭ 10:14 ގައި ފުލުހުންނަށް ހުށަހެޅުނެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ ތިން މީހަކު ހައްޔަރުކޮށްފައެވެ.

ފުލުހުންގެ މަޢުލޫމާތު ދޭ ގޮތުގައި، ހައްޔަރުކުރެވުނު މީހުންނަކީ މުބާރިކް މުޙައްމަދު (34 އަހަރު، ސ. ހިތަދޫ) އާއި އަހުމަދު ފަޔާޒު (30 އަހަރު، ފުވައްމުލައް) އަދި އަހުމަދު ނަދީފު (36 އަހަރު، ފުވައްމުލައް) އެވެ.

ފުލުހުން ބުނެފައިވަނީ މި ތިން މީހުންގެ އަތުން ފޭރިގަތް ފައިސާގެ ތެރެއިން ބައެއް ވަނީ ފެނިފައެވެ. އަދި މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރެވެމުންދާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

މި ހާދިސާ ހިނގާފައިވަނީ ރޭގަނޑުގެ ވަގުތެއްގައި ކަމަށްވުމާއެކު، ފުލުހުން ވަނީ ރައްޔިތުންނަށް ރޭގަނޑުގެ ވަގުތުތަކުގައި ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އަދި މިފަދަ ހާދިސާއެއް ހިނގާ ކަމުގައިވާނަމަ، ލަސްނުކޮށް ފުލުހުންނަށް އެންގުމަށް އާންމުންނަށް އިލްތިމާސްކޮށްފައިވެއެވެ.

 

މިއަދު އޮންލައިން