އަނބިމީހާ ނިކަމެތި ކުރެވޭނެ ކަމަށް ވިސްނައި ގޭގައި އެކަނި އިނދެ އިންތިޒާރުކުރަން ޖައްސުވާނަމަ ސްމާޓް އަންހެނުން ދަސްކުރާ ފިލާވަޅުން ލިބޭނެ ދެރަ މާބޮޑުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
އަނބިމީހާ ނިކަމެތި ކުރެވޭނެ ކަމަށް ވިސްނައި ގޭގައި އެކަނި އިނދެ އިންތިޒާރުކުރަން ޖައްސުވާނަމަ ސްމާޓް އަންހެނުން ދަސްކުރާ ފިލާވަޅުން ލިބޭނެ ދެރަ މާބޮޑުވާނެ!

ބައެއް ފިރިން އެމީހުންގެ އަނބިން އެކަނި ގެއަށްދޫކޮށްލާފައި ރޭގަނޑު ގެއިން ބޭރުގައި އެމީހަކު އުޅޭނެތަނެއްގައި އުޅެއެވެ. އުޅެން ބޭނުންވާހައި އިރެއްވަންދެންވެސް ބޭރުގައި އުޅެއެވެ. އެމީހުން ވިސްނަނީ އެގޮތަށް ކަންތައް ކުރިޔަސް އަނބިމީހާ އެއްވެސް ފިޔަވަޅެއް ނުއަޅާނެ ކަމަށެވެ. އަދި އަނބިން ދެރަކޮށް ހިތުގަ ޖައްސުވަންވެސް ބައެއް މީހުން އެފަދަ ކަންކަން ކުރެއެވެ. 

ބުނަންހެއްޔެވެ؟ އެފަދަ ފިރިންގެ ވިސްނުން މުޅިން ގޯހެވެ. އެމީހުންނަށް އެމީހުންގެ އަނބިންނަށް ދަސްކޮށް އެދެވެނީ ފިރިމީހާ އާއި ނުލައި އުޅުމަށެވެ. ކައިރީގައި ފިރިމީހާ ނެތަސް ނިދުމަށެވެ. 

އެކަމުގެ ނަތީޖާ ފެންނާނީ މުޅިން ތަފާތު ގޮތަކަށެވެ. ފުރަތަމަ ކަމަކަށް ފިރިމީހާއަށްދޭ ސަމާލުކަން ކުޑަވާން ފަށާނެއެވެ. ދާދިއަވަހަށް ފިރިމީހާއަށް އިންތިޒާރުކުރުން ހުއްޓައިލާނެއެވެ. ފިރިމީހާ އާއި ނުލައި އުޅެވިދާނެކަން ޔަޤީންވާއިރަށް އަލްވިދާޢުކިޔާނެއެވެ. 

ގިނަ ފިރިހެނުންނަށް އެމީހުންނަށް ކުރެވުނު ކުށް ވިސްނޭނީ ތިމާއަށް ލިބުނު ޖަވާހިރެއްފަދަ ބައިވެރިޔާ ވަކިވެގެން ދިއުމުންނެވެ. އެކަން އިޙްޞާޞްކުރެވުމުން ދެރަވެ ހިތާމަވެސް ކުރާނެއެވެ. ނަމަވެސް އެއިރު ވަޤުތު އޮންނާނީ ފާއިތުވެގެން ގޮސްފައެވެ. އާދޭސްކޮށްގެން އަނބުރާ ޙަޔާތަށް ގެނެވުނަސް އޭނާގެ ކިބައިން ކުރިން ލިބުނުވަރަށް ލޯބިލިބޭނީ މަދު އަންހެނެއްގެ ކިބައިންނެވެ. ސަބަބަކީ ދެންވެސް ކަންތައް ކުރާނީ ކޮންގޮތަކަށްކަން ޔަޤީންނުކުރެވޭތީއެވެ. ޢުމުރަށް އެކުގައި އުޅެވިދާނެކަން ޔަޤީންނުކުރެވޭތީއެވެ. 

އަހަރެން އަބަދުވެސް އެންމެ ގިނައިން ނަޞޭޙަތްތެރިވާ އެއްކަމަކީ މަސައްކަތުގެ ވަޤުތު ފިޔަވައި އަނބިން އެކަނި ގިނަ ވަޤުތު ހޭދަކުރަން ނުޖެއްސުމަށެވެ. ދެމަފިރިން އެކުގައި ނިދަންއޮށޯތުމަކީ އެކުގައި ކައި، ޕިކްނިކްގޮސް، އަދި އެކުގައި ބާޒާރުކުރަން ދިއުމަށްވުރެވެސް މާ މުހިންމު ކަމަކަށްވާތީ އެންމެ ބޮޑު ސަމާލުކަމެއް އެކަމަށް ދިނުމަށެވެ. 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅުން

މިއަދު އޮންލައިން