ރޭއަޅުކަންކުރަމުން ދަނިކޮށް ޙައިޟުވުމުން މެދުކަނޑާލަން ޖެހުމަކީ ގިނަ ބައަކު މާޔޫސްވާ ކަމެކެވެ. ސަބަބަކަށްވަނީ ރޭއަޅުކަން ކުރުމަކީ ރޭއަޅުކަންކުރުމަކީ ވަރަށް ލޯބިޖެހިގެން ކުރެވޭ ކަމަކަށްވެފައި އެހައި ލޯބިން ކުރަމުން އަންނަ ކަމެއް މެދުކަނޑާލަން ޖެހޭތީއެވެ.
އެހެންވެ ރޭއަޅުކަން، ދަނުމަނާދުކުރަމުންދަނިކޮށް ޙައިޟްބެއްޖެނަމަ އަމަލުކުރާނީ ކިހިނެއްތޯ؟ އެ ގަޑީގައި ހަމަ ތެދުވެ ދުޢާ އަދި ޤުރުއާން ކިޔެވޭނެތޯ؟ ބައެއް އަންހެނުން ސުވާލުކުރެއެވެ.
މި ސުވާލުގެ ޖަވާބުގައި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވަނީ ދުޢާކޮށް ޤުރުއާން ކިޔަވައި ހެދޭނެ ކަމަށެވެ.
މިއީ މާޔޫސްވާންޖެހެންވީ ކަމެއް ނޫނެވެ. ސަބަބަކީ ޙައިޟުވުމަކީ އެއްވެސް މީހަކު އަމިއްލައަށް ލިބިގަންނަ ކަމަށް ނުވެފައި އެއީ ﷲ ތަޢާލާ މިންވަރުކުރައްވަވާ ކަމަކަށްވާތީއެވެ. އެކަމުގައި ތިމާގެ އަމިއްލަ އެއްވެސް ބާރެއް ނުއޮންނާތީއެވެ.
ދަތުރުވެރިއަކަށް ވުމުގެ ޝަރުޠު ހަމަނުވާ ހިސާބު ކައިރި ރަށަކަށް ގޮސް އޮޅޭއިރު ނަމާދުތައް ޤަޞްރުކޮށް އަދި ޖަމްޢު ކުރެވޭނެތޯވެސް ބައެއް މީހުން ސުވާލުކުރެއެވެ.
އެސުވާލުގެ ޖަވާބުގައި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވަނީ ޤަޞްރުނުކޮށް ހަމައެކަނި ޖަމްޢުކުރެވިދާނެ ކަމަށެވެ.