މައިގްރޭން ހުންނަ މީހުން ހަފްތާއަކު މަދުވެގެން 4 ދުވަހު ބައިގަޑިއެއްހާއިރު ކަސްރަތުގެ ކުރާނަމަ އެކަމުގެ ފައިދާކުރާނެއެވެ. އެއީ ހަމަ ބޭސްކެއުން ފަދަ ކަމެކެވެ. ކަސްރަތުގެ ސަބަބުން ހިތުގެ ހިނގުން އަވަސްވެ ސިކުނޑިއަށް ލޭފޮނުވައިދީ ލޭ ދައުރުކުރަން މަގުފަހިވެގެންދާތީއެވެ.
މިހެންބުނީމާ ކޮންމެހެން ދުވެފައި ޖިމަކަށް ނުދިއަނަމަވެސް ފުދޭނެއެވެ. ހިނގުން، ދުވުން، ފެތުން، ބައިސްކަލް ދުއްވުން ފަދަ އާދައިގެ ކަސްރަތެއް ކުރިނަމަވެސް ފައިދާކުރާނެއެވެ.
ދެން އޮތީ ކަސްރަތުކުރަން ބިރުގަތުމެވެ. މައިގްރޭންގެ އަސަރު ބޮޑަށްކުރާ މީހުން، ގިނަގިނައިން އެޓޭކް އަންނަ ނަމަ ބައެއް މީހުން ކަސްރަތުކުރަން ބިރުގަނެއެވެ. ނަމަވެސް އެއީ އެއްވެސް ވަރަކަށް ބިރުގަންނަން ޖެހެންވީ ކަމެއް ނޫނެވެ. ކަސްރަތުކޮށްގެން އެއްވެސް އިތުރު އެޓޭކެއް ނުއަންނާނެއެވެ. އަދި ކަސްރަތުކުރުމަކީ ހާޓްއެތޭކްޖެހުމުންވެސް ސަލާމަތްކޮސްދޭ ކަމެކެވެ.
ހަމަ އެއާއިއެކު ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެ 2 ވަނަ ކަމަކީ ސްޓްރެސް ނުވަތަ ކަންބޮޑުވުން މަދުކުރުމެވެ. އެއްވެސް ކަމަކާއިހުރެ ކަންބޯދު8ވެގެން އުޅެންޖެހޭ ވަރަށް ނުވިސްނުމެވެ. ސަބަބަކީ ސްޓރެސްވުމަކީ ސިކުނޑީގެ ބައެއް ބައިތައް ދުލަވާ ކަމެކެވެ. އެއީ މައިގްރޭންގެ މައްސަލަތައް ބޮޑުވާ އެންމެ ޢާންމު އެއް ސަބަބެވެ.
ދެން އޮތީ އަވަހަށް ނިދައި ނިދިހމަކުރުމެވެ. ނިދަންވީ ވީހާވެސް އިރާކޮޅުއެވެ. އަރާމު ނިންޖެއް ލިބޭނީ އެއިރުންނެވެ.
- ޑރ. ސްޓާލިން ޝެއާރސް
- މަޢުލޫމާތު: ޞިއްޙީ ޚަބަރު