ކޮންމެ ނަމާދަކަށްފަހުގައިވެސް ތިމާއަށް ކުރެވިފައިވާ ހުރިހާ ފާފަތަކެއް ފުއްސަވައިދެއްވަވާނެ ޢަމަލުކުރާނަމަ ރުހިވޮޑިގަންނަވާ އަޅެއްގެ ގޮތުގައި މަރުވުމުގެ ފުރުޞަތު ބޮޑު!: ޝައިޚް ޢަލީ ހައްމުދާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 37ސ
ކޮންމެ ނަމާދަކަށްފަހުގައިވެސް ތިމާއަށް ކުރެވިފައިވާ ހުރިހާ ފާފަތަކެއް ފުއްސަވައިދެއްވަވާނެ ޢަމަލުކުރާނަމަ ރުހިވޮޑިގަންނަވާ އަޅެއްގެ ގޮތުގައި މަރުވުމުގެ ފުރުޞަތު ބޮޑު!: ޝައިޚް ޢަލީ ހައްމުދާ

އަހުރެމެން ފަރުޟް 5 ނަމާދުކުރަމުއެވެ. ގިނަ ބައަކު ޛިކުރް ތަސްބީޙް ކިޔައެވެ. ކިޔާމީހުން އިތުރަށް ސަމާލުކަންދީގެން ކިޔާށެވެ! މާނައަށް ވިސްނައިގެން ކިޔާށެވެ! ނުކިޔައި އަވަހަށް ފައިބާ މީހުން އެކަން އެގޮތަށް ކުރުން ހުއްޓައިލާށެވެ!  

އެއީ ތިމާއަށް ކުރެވިފައިވާ ހުރިހާ ފާފަތަކެއް ފުއްސަވައި ދެއްވެވުމަށް އޮތް މަގެކެވެ. ޢަމަލެކެވެ.  

ވީމާ ކޮންމެ ނަމާދަކަށްފަހުގައިވެސް: 

سبحان الله (33×) ، الحمد لله (33×) ، الله أكبر (33×) ،  لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَىْءٍ قَدِيرٌ 

ކިޔަމުން ގެންދާށެވެ. އެއީ ތިމާއަށް ކުރެވިފައިވާ ފާފަތައް ފުއްސަވައި ދެއްވަވާނެ ކަމެކެވެ. އިން ޝާ ﷲ  

ކޮންމެ ނަމާދަކަށްފަހުގައި އެމީހެއްގެ ފާފަތައް ފުއްސަވައިދެއްވަވާނެ މަގުން ޢަމަލުކުރެވޭނަމަ އެމީހެއްގެ ފާފަތައް އަބަދުވެސް ވާނީ ފުހެވިގެންނެވެ. ވީމާ ނަމާދަށްފަހު އޭނާ ފާފައެއް ނުކޮށް ހުއްޓައި މަރުވެއްޖެނަމަ އެމީހަކަށް އެލިބެނީ ކޮންފަދަ ބޮޑު ނިޢުމަތެއް ހެއްޔެވެ؟ މަރުވާނެ ވަޤުތު ނުއެނގޭއިރު މިއީ ކޮންމެ މުސްލިމަކުވެސް ކުރަން އެންމެ ބޮޑަށް ސަމާލުކަންދޭން އޮތް އެއް ޢަމަލެވެ.

 

- ޝައިޚް ޢަލީ ޙައްމުދާ

މިއަދު އޮންލައިން