ބިދޭސީން އެއްވެއުޅޭ ސަރަހައްދުތައް އިމިގްރޭޝަނުން މޮނިޓަރކުރަން ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ
ބިދޭސީން އެއްވެއުޅޭ ސަރަހައްދުތައް އިމިގްރޭޝަނުން މޮނިޓަރކުރަން ފަށައިފި

ބިދޭސީން އާންމުކޮށް އެއްވެއުޅޭ ސަރަހައްދުތައް މޮނިޓަރކުރުމުގެ މަސައްކަތް މޯލްޑިވްސް އިމިގްރޭޝަނުން ފަށައިފިއެވެ.

މި ފިޔަވަޅު އަޅަން ޖެހުނީ ފަހަކަށް އައިސް މިފަދަ ސަރަހައްދުތަކުގައި އާންމު މަސްލަހަތު ގެއްލޭފަދަ ޢަމަލުތައް ހިންގަމުންދާކަން ފާހަގަކުރެވިފައިވާތީ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ. އަދި މިއަދުން ފެށިގެން އިމިގްރޭޝަންގެ އެންފޯސްމަންޓް އެންޑް ކޮމްޕްލަޔަންސް ޑިވިޝަންގެ އޮފިސަރުން ވަނީ މި ސަރަހައްދުތައް މޮނިޓަރކުރަން ފަށާފައި ކަމަށާއި މި މަސައްކަތް ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށެވެ.

މި ހަރަކާތްތައް ކުރިއަށްދާއިރު، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައެއް ފާހަގަވެއްޖެނަމަ، އިމިގްރޭޝަންގެ ޓާސްކުފޯހުން އެފަދަ ބިދޭސީންނާމެދު ފިޔަވަޅު އަޅާނެ ކަމަށްވެސް އިމިގްރޭޝަނުން ބުނެފައިވެއެވެ.

މި ފިޔަވަޅަކީ އާންމު މަސްލަހަތު ރައްކާތެރިކުރުމަށާއި، ބިދޭސީންގެ މެދުގައި ހިނގަމުންދާ ނޭދެވޭ ޢަމަލުތައް ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅެއް ކަމަށް އިމިގްރޭޝަނުން ފާހަގަކޮށްފައިވެއެވެ.

މި މަސައްކަތުގެ ސަބަބުން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން ގަވާއިދާ އެއްގޮތަށް އުޅޭ މީހުންނަށް އިތުރު ރައްކާތެރިކަމެއް ލިބިގެންދާނެ ކަމަށްވެސް ބެލެވެއެވެ.

މިއަދު އޮންލައިން