ހަނދުމަކޮށްދިނުމެއް!: ކީރިތި ގުރްއާން ހިތުދަސް ކުރާ ދަރިވަރެއްގެ ކިބައިގައި ހުރުން މުހިންމު ބައެއް އަދަބުތައް-

ކިޔުމަށް ހޭދަވާނީ 3މ 23ސ
ހަނދުމަކޮށްދިނުމެއް!: ކީރިތި ގުރްއާން ހިތުދަސް ކުރާ ދަރިވަރެއްގެ ކިބައިގައި ހުރުން މުހިންމު ބައެއް އަދަބުތައް-

ޢާއިޝަތު ރަފާޙް ޢަލީ

 

ކީރިތި ގުރްއާން އަކީ މާތް ﷲ ގެ ކަލާމްފުޅެވެ. މުސްލިމުންގެ ދުސްތޫރުއެވެ. ކީރިތި ގުރްއާން ހިތުދަސް ކުރުމަކީ ގަދައަޅާ މަސައްކަތް ކޮށްފި ދަރިވަރަކަށް އުދަނގޫ ކަމެއް ނޫނެވެ. ކީރިތި ޤުރްއާނަކީ ހިތުދަސްކުރަން އެންމެ ފަސޭހަފޮތް ކަމުގައި އެންމެންވެސް ޤަބޫލުކުރެއެވެ. 

ކީރިތި ޤުރްއާން ހިތު ދަސްކުރުމަށް ފަހުގައިވެސް ގުރްއާން ހަނދާނުގައި ބެހެއްޓުމަށްޓަކައި މަސައްކަތް ކުރަން ވާނެއެވެ. ތިރީގައި މި ބަޔާން ކޮށްލަނީ ކީރިތި ގުރްއާން ހިތުދަސް ކުރާ ދަރިވަރެއްގެ ކިބައިގައި ހުންނަން ވާނެ އަދަބުތަކެވެ. 

1.    ތަޤްވާވެރިކަން: ކީރިތި ގުރްއާން ހިތުދަސް ކުރާ ދަރިވަރެއްގެ ކިބައިގައި ހުންނަން ވާނެ އެންމެ މުހިއްމު ސިފައަކީ ތަޤްވާވެރިކަމެވެ. ﷲ ތަޢާލާ އަށް ކުއްތަންވެ އެކަލާނގެ އާއި ކައިރިވުމެވެ. ތަޤްވާވެރިކަމުގެ ސަބަބުން އިންސާނުންނަށް ވަރަށް ގިނަ ގުނަ ފައިދާތައް ވާކަން ކީރިތި ގުރްއާނުން އިނގެއެވެ. މާތް ﷲ ކީރިތި ގުރްއާނުގެ ނޫރު ސޫރަތުގެ 52 ވަނަ އާޔަތުގައި ވަހީ ކުރައްވާފައިވެއެވެ. 

وَمَن يُطِعِ ٱللَّهَ وَرَسُولَهُۥ وَيَخْشَ ٱللَّهَ وَيَتَّقْهِ فَأُو۟لَٰٓئِكَ هُمُ ٱلْفَآئِزُونَ ﴿٥٢﴾‏ މާނައީ: "އަދި اللَّه އާއި، އެކަލާނގެ رسول އާއަށް ކިޔަމަންވެ، އަދި اللَّه އަށް ބިރުވެތިވެ، އެކަލާނގެއަށް تقوى ވެރިވާމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ ހަމަ نصيب ލިބިގެންވާ މީހުންނެވެ." 

2.    އިޚްލާސްތެރިކަން: މުސްލިމުންނަށް ވާޖިބު ވެގެންވަނީ ހުރިހާ ޢަމަލެއް ކުރުމުގައިވެސް ﷲ ތަޢާލާ އަށް އިޚްލާސްތެރިވުމަށެވެ. މާތް ﷲ ކީރިތި ގުރްއާނުގެ ޒުމަރް ސޫރަތުގެ 11 ވަނަ އާޔަތުގައި ވަހީ ކުރައްވާފައިވެއެވެ. قُلْ إِنِّىٓ أُمِرْتُ أَنْ أَعْبُدَ ٱللَّهَ مُخْلِصًا لَّهُ ٱلدِّينَ ﴿١١﴾‏ މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، އަހުރެންނަށް أمر ކުރައްވާފައިވަނީ، اللَّه އަށް دين خالص ކުރާ حال، އެކަލާނގެއަށް އަޅުކަންކުރުމަށެވެ." 

3.    ދަސްކުރި ބައިތައް ހަނދާން ނައްތާ ނުލުމާއި މުރާޖަޢާ ކުރުން މަތީގައި ދެމިހުރުން  

4.    ސާފްތާހިރުވުން: އިސްލާމް ދީނުގައި ސާފްތާހިރުކަމަށް ވަރަށް ބޮޑު އިސްކަމެއް ދެއެވެ. އެގޮތުން ޙައިޟް، ނިފާސް، ޙަދަޘްވެރިކަމުންނާއި، ޖުނުބުވެރިކަމުން ހިނައިގަތުމާއި، މުޞްހަފުގައި އަތްލާއިރު ވުޟޫ ކޮށްގެން އަތްލުން ހިމެނެއެވެ. 

5.    ޚުޝޫޢަތްތެރިކަމާއެކު މާނައަށް ވިސްނައިގެން ދަސްކުރުން  

6.    ﷲ ސުބްހާނަހޫ ވަތަޢާލާގެ އާޔަތްތަކާ މެދު ވިސްނާ ތަދައްބުރު ކުރުން 

7.    ތަވާޟުޢުވެރިވެގެން ކިޔަވާ ދަސްކުރުން: އެގޮތުން ގުރްއާން ހިދުތަސްކުރާ ދަރިވަރެއްގެ ކިބައިގައި ހުންނަން ޖެހޭނެ އެންމެ މުހިއްމު ސިފަތަކުގެ ތެރެއިން ސިފައެކެވެ.   

8.    ތަޖްވީދު މަގަށް ކިޔަވާ ދަސްކުރުން: އެގޮތުން ގާރީއެއް ނުވަތަ ޝައިޚެއްގެ ކައިރިން ތަޖުވީދުގެ ހުކުމްތަކާއި އެއްގޮތައް ކިޔަވާ ދަސްކުރުން

 

މިއަދު އޮންލައިން