ރަނގަޅަށް ނަމާދުކުރެވުނަސް ނަމާދުކުރެވުނު ގޮތާއިމެދު ހިތުގައި ޝައްކުތައް އުފެދޭ ބައަކު އުޅެއެވެ. އެމީހުންގެ ހިތުގައި ތިމާއަށް ނަމާދުގެ ތަސްބީޙަ ކިޔުނީ، ނޫނީ ޙަރަކާތްައް ކުރެވުނީ ރަނގަޅަށް ކަމާއިމެދު ޝައްކުތައް އުފެދެއެވެ.
އެ ހާލުގައި ޖެހޭނީ އަލުން ނަމާދު ކުރަންތޯ ބައެއް މީހުން ސުވާލުކުރެއެވެ.
"ޝައްކުތަކާއި ވަސްވާސްތަކުން ދުރުހެލިވެގެން ނަމާދުކުރާށެވެ. އެ ތަކެތީގެ މައްޗަށް ދުރުހެލިވުމަށް އަމިއްލަ ނަފުސަށް ކުރާ އިތުބާރު ބޮޑުކުރާށެވެ. އެފަދަ ޝައްކާއި ވަހުމްތަކަކީ ޝައިޠާނާ އުފައްދާ ތަކެއްޗެވެ. ބޭނުމަކީ ﷲ ގެ އަޅާ ނަމާދާ ދުރުހެލި ކުރުވުމެވެ."
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
އެޙާލަތުގައި އަލުން ކުރިނަމަވެސް ގިނަ ބައަކަށް ހަމަ އެމައްސަލަ އަލުންވެސް ކުރިމަތިވާނެއެވެ. ވީމާ އެމީހަކަށް ވެވުނު އެންމެ ބޮޑަކަށް ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުކުރަން މަސައްކަތްކުރާށެވެ! ދެން އޮތްބައި ﷲ ތަޢާލާއަށް ވަކީލްކުރާށެވެ! ހެޔޮ ރަޙްމަތް ލައްވަވާނެތެވެ. އިން ޝާ ﷲ