މަޣްރިބް ނަމާދަށްފަހު ކޮންމެހެން ނިދަންޖެހިގެން ނޫނީ ނިދައިގެންނުވާނެ ސަބަބު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
މަޣްރިބް ނަމާދަށްފަހު ކޮންމެހެން ނިދަންޖެހިގެން ނޫނީ ނިދައިގެންނުވާނެ ސަބަބު-

މަޣްރިބްނަމާދަށްފަހު ޢިޝާނަމާދުގެ ކުރިން ނިދަންވާނީ ކޮންމެހެން ނިދަން މަޖުބޫރުވާފަދަ ޙާލަތެއްގައެވެ. ސަބަބަކީ ދެނަމާދު ދޭތެރޭގައި އޮންނަ ވަޤުތުކޮޅު ކުޑަކަމުން ޢިޝާ ނަމާދުގެ ޖަމާޢަތަށް ނުދެވިދާނެ ކަމަށްޓަކައެވެ.  

ނަމަވެސް އެވަޤުތު ކޮފީ ބުއިމަކީވެސް ރަނގަޅުކަމެއް ނޫނެވެ. ސަބަބަކީ ގިނަ މީހުންނަށް ނިދަން އުނދަގޫވާނެ ކަމެވެ. ނިދިއައުން ލަސްވެދާނެތީއެވެ. ނަމަވެސް ކޮފީ ބުޔަސް ނިދަން އުނދަގޫނުވާނަމަ ކޮފީ ބުޔަސް މައްސަލައެއް ނެތެވެ.  

ކޮންމެ ނަމާދެއްވެސް ޖަމާޢަތުގައި ކުރަން މަސައްކަތްކުރަންވާނެއެވެ. ޢިޝާ ނަމާދު ޖަމާޢަތުގައި ކުރުމުން ޚާއްޞަ ޘަވާބެއްވެސް ދެއްވަވައެވެ، ރޭގަނޑުގެ އެއްބައިގައި އަޅުކަންކުރިކަމުގެ ޘަވާބެވެ. އަދި ޢިޝާ ނަމާދު ޖަމާޢަތުގައި ކޮށްގެން ހުރި މީހަކު ފަތިސްނަމާދު ޖަމާޢަތުގައި ކޮށްފިނަމަ އެމީހަކަށް މުޅިރޭ އަޅުކަންކުރުމުގެ ޘަވާބު ދެއްވަވަތެވެ.  

ވީމާ މަޣްރިބްނަމާދަށްފަހު މަޖުބޫރުވެގެން ނޫނީ ނުނިދާށެވެ. އަދި ނިދަން ޖެހުނަސް ޢިޝާނަމާދުގެ ޖަމާޢަތް ދޫކޮށްނުލާށެވެ! އިސް ބަޔާންކުރި ސަބަބުތަކަށް ޓަކައެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން