އަލްމަޝްއަރް ގްރޫޕުން މަކަރާއި ޚީލަތް ހަދައި ފައިސާއަށް ޚިޔާނާތްތެރިވި މައްސަލައެއްގައި ދަޢުވާ ކުރުމަށް ފޮނުވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 6ސ
އަލްމަޝްއަރް ގްރޫޕުން މަކަރާއި ޚީލަތް ހަދައި ފައިސާއަށް ޚިޔާނާތްތެރިވި މައްސަލައެއްގައި ދަޢުވާ ކުރުމަށް ފޮނުވައިފި

އުމްރާއަށް މީހުން ގެންދިއުމުގެ ނަމުގައި އަލްމަޝްއަރް ގްރޫޕުން މަކަރާއި ޚީލަތް ހަދައި ފައިސާއަށް ޚިޔާނާތްތެރިވި މައްސަލައެއްގައި ދަޢުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަމަށް ފުލުހުން މިއަދު ހާމަކޮށްފިއެވެ.

ފުލުހުން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، 2024 ވަނަ އަހަރު އުމްރާއަށް މީހުން ގެންދާނެކަމަށް ބުނެ އަލްމަޝްއަރް ޕްރައިވެޓް ލިމިޓެޑްއިން 27 މީހުންގެ އަތުން 500,000 ރުފިޔާއަށްވުރެ ގިނަ ފައިސާ ނަގައި، މަކަރާއި ޚީލަތް ހަދައި ފައިސާއަށް ޚިޔާނާތްތެރިވެފައިވާ މައްސަލައެއްގައި ދަޢުވާކުރުމަށް 19 ޖަނަވަރީ 2025 ވަނަ ދުވަހު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ.

މި މައްސަލައިގައި ދަޢުވާކުރަނީ އަލްމަޝްއަރް ޕްރައިވެޓް ލިމިޓެޑްގެ ކުންފުނީގެ ވެރިޔާ، ކ. މާލެ / މ. ހަވީރީފިނި، ޢަލީ ފާރިޝްގެ މައްޗަށެވެ. މީގެ އިތުރުން އަލްމަޝްއަރް ޕްރައިވެޓް ލިމިޓެޑާއި ޓްރިއާ ޕްރައިވެޓް ލިމިޓެޑާއި ހާފްޓޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ވެސް ދަޢުވާކޮށްދިނުމަށް އެދިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހެޅީ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން 2024 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 17 ވަނަ ދުވަހުއެވެ. އެއަށްފަހު ފުލުހުން ތަޙްޤީޤުކޮށް، މިހާރު ވަނީ ދަޢުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައެވެ.


މިއަދު އޮންލައިން