ކްރިއޭޓަރ ހަބެއް ގާއިމުކުރުމަށް ބީސީސީން ފުވައްމުލައް ސިޓީ ކައުންސިލާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 50ސ
ކްރިއޭޓަރ ހަބެއް ގާއިމުކުރުމަށް ބީސީސީން ފުވައްމުލައް ސިޓީ ކައުންސިލާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

ކްރިއޭޓަރ ހަބެއް ގާއިމުކުރުމަށް ބީސީސީން ފުވައްމުލައް ސިޓީ ކައުންސިލާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުގެ ފަރާތުން ސޮއިކުރެއްވީ، އެ ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޒިޔާއު މުޙައްމަދެވެ. އަދި ފުވައްމުލަކު ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ފުވައްމުލައް ސިޓީ ކައުންސިލްގެ މޭޔަރު އިސްމާއީލް ރަފީގެވެ.

އަތޮޅުތަކުގައި ގާއިމް ކުރެވޭ ކްރިއޭޓަރ ހަބުތަކާއެކު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒުގެ ތަސައްވުރާ އެއްގޮތަށް ރާއްޖޭގައި ފަންނުވެރި އިޤްތިޞާދެއް ބިނާކުރުމަށް ކުރެވޭ މަސައްކަތް ހަލުވި ވެގެންދާނެ ކަމަށާއި. އަދި ފަންނުވެރިންނަށް ފުރުޞަތުތައް ފަހިވުމާއެކު، ދިމާވާ ދަތިތަކަށް ހައްލުވެސް ލިބިގެން ދާނެ ކަމަށް ބީސީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޒިޔާއު މުޙައްމަދު ވިދާޅުވިއެވެ.

މި ކްރިއޭޓަރ ހަބް ގާއިމުކުރުމަށް ހަމަޖެހިފައިވަނީ ފުވައްމުލަކު ސިޓީގެ ލޯކަލް މާރުކޭޓުގެ ފުރަތަމަ ފަންގިފިލާގައެވެ.

މިއަދު އޮންލައިން