މިހާރުވެސް ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ "ސަން ފްރަންޓުން" އިތުރު ޚިދުމަތްތައް ލިބޭނެ ބޮޑު ޝޯރޫމެއް މ. ހާވިލާ ، (މަޖީދީ މަގު ސަންފްރޮންޓް/ މ. އާޒަމާން) ކައިގައި ހުޅުވައިފިއެވެ.

މިއަދު ހުޅުވި ސަންފްރަންޓްގެ 6 ވަނަ ފިހާރަ، ސަން ފްރަންޓް ސެންޓްރަލް ޚާއްސަކުރެވިފައިވަނީ ހެޔޮއަގެއްގައި، ކޮލިޓީ، ސްޓައިލިޝް ތަކެތި (ޕަވަރޓޫލްސް، ހޭންޑްޓޫލްސް، ހާރޑުވެެއަރ، ހޯމް އެޕްލަޔަންސް، ސެނިޓަރީވެއަރ، އަދި އިލެކްޓްރޯނިކްސް) ފަސޭހަކަމާއިއެކު އެއްތަނަކުން ގަނެލުމުގެ ފުރުސަތު ކަސްޓަމަރުންނަށް ދިނުމަށެވެ.

މިޝޯރޫމާއެކު އަލަށް ތަޢާރަފްކުރެވުނު ބާވަތްތަކުގެ ތެރޭގައ ޕަވަރ ޓޫލްސް، ހާޑްވެއާ، އައިސްއަލަމާރި، ދޮންނަމެޝިން، އޭސީ، ޓީވީ، ސެނިޓަރީވެއާ، ކްލީނިންގ އައިޓަމްސް، ފަދަ ގިނަ ބާވަތްތަކެއް ހިމެނެއެވެ. ސަންފްރޮންޓުން ބުނާ ގޮތުގައި އަމާޒަކީ މި ބާވަތްތަކުން މިވަޤުތު ލިބެން ނެތް ތަކެތިވެސް ވީހާ އަވަހަކަށް އެތެރެކޮށް ހެޔޮ އަގުގައި ވިއްކަން ފެށުމެވެ.

ސަން ފްރަންޓް ފިހާރަތަކުން ވިއްކާ ގިނަ ބާވަތެއް އޮންލައިންކޮށް މިހާރުވެސް ގަންނަން ލިބޭއިރު މިޝޯރޫމަށް ވަޑައިގަތުމުން ސަން ފްރޮންޓުގެ ފިހާރަތަކުން ވިއްކާ ކޮންމެ ބާވަތެއްވެސް ފަސޭހަކަމާއިއެކު ގަނެވޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސައިފައެވެ.

ސަންފްރަންޓް ޕްރައިވެޓް ލިމިޓެޑުގެ ކުރު ތަޢާރަފެއް:
ސަންފްރަންޓް ޕްރައިވެޓް ލިމިޓެޑްއިން ވިޔަފާރި ފަށާފައިވަނީ 02 ޖުލައި 1989މ ގައިއެވެ. ރާއްޖޭގެ ގުދުރަތީ ރީތިކަން ފެންނާނެ ފޮޓޯތައް ހިމަނައިގެން ޓުވަރިސްޓުންނަށް ޚާއްސަކޮށްގެން ވިއްކުމަށްޓަކައި، އެކި ބަސްބަހުން (އިޓަލީ، ޖަރުމަން، ފްރާންސް، އިގިރޭސި، ޖަޕާން) ޕްރިންޓްކޮށްގެން ސްވެނިއަރ ފޮތް ވިއްކުމާއި، ރާއްޖޭގެ ގުދުރަތީ ރީތިކަން ފެންނަ ފޮޓޯތައް ހިމަނައިގެން ޕްރިންޓްކުރެވިފައިވާ ޕޯސްޓްކާޑު ވިއްކުމާއި، ރާއްޖޭގެ މެޕް ވިއްކުމާއި، ދުނިޔޭގެ އެއްވަނަ ދަރަޖައިގާ ހިމެނޭ މަޝްހޫރު ބްރޭންޑުތަކުގެ ޑައިވިންގ އިކުއިޕްމަންޓްސް އާއި ސްވިމިންގ އާއި ސްނޯކްލިންގ އިކުއިޕްމަންޓްސް ހޯލްސޭލްކޮށާއި ރީޓޭލްކޮށް ވިއްކުމުގެ ވިޔަފާރިން ފަށައިގެން ގޮސް "މުޖައްރިބު" ނަމަކަށް ކިޔާ ދޯނިފަހަރުތަކަކުން ސީޓްރާންސްޕޯރޓޭޝަންގެ ޚިދުމަތްދޭން ފެށުނެވެ.

ޒަމާނަށާއި ތަރައްޤީއަށާއި އަދި އެނޫންވެސް ކަންކަމަށް އަންނަ ބަދަލުތަކަށް ވިސްނައިގެން، ސަންފްރަންޓުގެ ވިޔަފާރިއަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަތުމާއިއެކު، ވިސްނުންތެރިކަމާއިއެކު، ވިޔަފާރި ހިންގުމުގެ ޕޮލިސީއަށް ގެންނަންޖެހޭ ބަދަލުތައް ގެންނަމުން ގޮސް، ސަންފްރަންޓުން މިހާރުވަނީ 5 (ފަހެއް) ފިހާރަ ހުޅުވާފައެވެ. މާތްރަސްކަލާންގެ ހެޔޮރަޙުމަތްފުޅާއެކު "ސަންފްރަންޓް ސެންޓްރަލް" ނަމުގައި މިއަދު މިހުޅުވެނީ ސަންފްރަންޓުގެ 6 (ހައެއް) ވަނަ ފިހާރައެވެ. ސަންފްރަންޓް ސެންޓްރަލް ޚާއްސަކުރެވިފައިވަނީ ހެޔޮއަގެއްގައި، ކޮލިޓީ، ސްޓައިލިޝް ތަކެތި (ޕަވަރޓޫލްސް، ހޭންޑްޓޫލްސް، ހާރޑުވެެއަރ، ހޯމް އެޕްލަޔަންސް، ސެނިޓަރީވެއަރ، އަދި އިލެކްޓްރޯނިކްސް) ފަސޭހަކަމާއިއެކު އެއްތަނަކުން ގަނެލުމުގެ ފުރުސަތު ކަސްޓަމަރުންނަށް ދިނުމަށެވެ. މިވިޔަފާރި ފަށައިގަތުމުގައި ދިމާވާ ހުރިހާ މައްސަލަ ތަކަށް ޚާއްސަ ސަމާލުކަމެއްދީގެން، އަބަދު ވެސް ކަސްޓަމަރުން ސަންފްރަންޓަށް ކުރަމުންގެންދާ އިތުބާރު، ހެލްދީކޮށް ބޭއްވުމަށް ސަންފްރަންޓުން ކެނޑިނޭޅި މަސައްކަތް ކުރަމުން ގެންދާނެއެވެ. އަދި ސަންފްރަންޓް މިހިސާބަށް އައުމުގައި އިޚުލާސްތެރިކަމާއިއެކު ސަންފްރަންޓަށް ކުރިން ޚިދުމަތްކޮށްދީފައިވާ މުވައްޒަފުންނަށާއި އަދި މިހާރު ވެސް ވަޒީފާއަދާކުރަމުންދާ އިޚްލާސްތެރި އެންމެހާ މުވައްޒަފުންނަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަމެވެ.