އެންމެ ނުބައި މީހުން އުޅޭގޮތަށް އުޅެ، ކަންކަންކުރާނަމަ އެމީހަކު މަޙްޝަރު ކުރައްވަވާނީ އެންމެ ނުބައި މީހުންނާއެކު! އެމީހުންނަށް ދެއްވަވާ ފަދައިން ޢަޛާބްވެސް ދެއްވަވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 12ސ
އެންމެ ނުބައި މީހުން އުޅޭގޮތަށް އުޅެ، ކަންކަންކުރާނަމަ އެމީހަކު މަޙްޝަރު ކުރައްވަވާނީ އެންމެ ނުބައި މީހުންނާއެކު! އެމީހުންނަށް ދެއްވަވާ ފަދައިން ޢަޛާބްވެސް ދެއްވަވާނެ!

ކީރިތި ޤުރްއާން ފަދަ ަމތިވެރިކަން ބޮޑު ފޮތެއްގައި ދުނިޔޭގައި އެންމެ ނުބައިކޮށް އުޅުނު ބައެއް މީހުންގެ ވާހަކަތައް އެހުރީ ވަރަށް ބޮޑު ސަބަބަކަށްޓަކައެވެ. އެއިގެ ތެރޭގައި ތިމާއަކީ އެފަދަ ނުބައި މީހަކަށް ނުވުމަށް ސަމާލުކަންދިނުންވެސް ހިމެނެއެވެ.

ފިރުއަޢުނާއި ޤާރޫނާއި ނަމްރޫޛާއި އަދި އަދި ރަސޫލް (ﷺ)ގެ ޒަމާނުގައި އެންމެ ބޮޑަށް ހައްދުފަހަނައަޅައި ދިއަ އެކަކީ އަބޫޖަހުލެވެ. އެފަދަ ބައެއް ޖައްބާރުންތަކުގެ ޖާހިލުކަމުގެ ވާހަކަ ކީރިތި ޤްރްއާނުގައި ވަނީ ބަޔާން ކުރައްވަވައިފައެވެ.

ވިސްނަންވީ ކަމަކީ މިއަދު މިފަދަ އެތައް ބައިވަރު އަބޫ ޖަހުލުން އެބަ އުޅޭ ކަމެވެ. އަހުރެން ބަލާ މިންގަނޑުތަކުން ބެލުމުން އެ އަބޫޖަހުލަށްވުރެ ނުބައިކަން މާބޮޑު އެތައްބައިވަރު އަބޫޖަހުލުންތައް ފެނެއެވެ.

އެ އަބޫޖަހުލު ހުރީ އޭނާގެ ނުބައި ނުލަފާކަން އިއުލާނުކޮށްގެންނެވެ. އެހެންވީމާ އޭނާއަކީ ކާކުކަން އެންމެންނަށްވެސް އެނގެއެވެ. ނަމަވެސް މިއަދު ގިނަ އަދަދެއްގެ ޖާހިލުންތައް ތިބީ ފިލައި ފޮރުވިގެންނެވެ. ނަމަކަށް ކިޔަނީ މުސްލިމް ނަމެކެވެ. ދުލުން ބުނަނީ ތިމާއަކީ މުސްލިމެއް ކަމަށެވެ. އަމަލުކުރާނީ އިސްލާމް ދީނަށް ކަމަށެވެ. އިސްލާމް ދީނަށް ނަޞްރުދޭނެ ކަމަށެވެ.

މިފަދަ ބަސްތައް ބުނުމަށްފަހު ފިލައި ތިބެ ދެމުން ގެންދާ ހަމަލާތަކުން މުސްލިމުންނަށް ލިބެމުންދާ ގެއްލުންތައް މާބޮޑެވެ. މާގިނައެވެ. މިއީ މިކަން ހިނގަމުންދާނެ ވެސް ގޮތެވެ. މިއަދަށްވުރެ މާދަމާ އަދި މާނުރައްކާ ބޮޑުވާނެއެވެ. ވަރަށް ސާފު ބަހުން މިބުނަނީ މިއަދަކީ ހުކުރު ދުވަސްކަމަށްވާއިރު ހޮނިހިރު ދުވަހު ކުރިމަތިވާނެ މައްސަލަތައް ގިނަވެފައި ބޮޑެތިވާނެ ކަމެވެ.

ވީމާ މިކަންކަމަށް ރަނގަޅަށް ވިސްނައިގެން ތިބޭށެވެ!

ﷲ ތައާލާ އާއި ޢަދާވާތްތެރިވެ ދުނިޔޭގައި އުޅުނު ނަމްރޫދާއި ފިރުއަޢުނާއި އަބޫޖަހުލާއި މިފަދަ މީސްމީހުންނަށް ޤިޔާމަތް ދުވަހު ދެއްވަވާނެ ގަދަފަދަ ޢަޛާބުގެ ވާހަކަ ކީރިތި ޤުރްއާނުގައިވަނީ ބަޔާންވެގެންނެވެ. ﷲ ތަޢާލާ އާއި އަދާވާތްތެރިވެގެން މިއަދު މިއުޅޭ މީހުންގެ ވާހަކަތައް ކީރިތި ޤުރްއާނުގައި އެމީހުންގެ ނަމުން ލިޔެވިގެން ނުވި ނަމަވެސް އެފަދަ މީހުންގެ ވާހަކަތައް ވަނީ ލިޔެވިގެންނެވެ. އެފަދަ މީހުންގެ ކަންކަން ނިމިގެންދާނެ ގޮތާއި ކައްވަޅުގައާއި ޤިޔާމަތް ދުވަހު ދެއްވަވާނެ ޢަޛާބުގެ ވާހަކަތައް ވަނީ ލިޔެވިގެންނެވެ. ވީމާ ﷲ ތަޢާލާ އާއި ޢަދާވާތްތެރި ނުބައި ނުލަފާ މީހެއްގެ ގޮތުގައި ފިރުއަޢުނާއި އަބޫޖަހުލުމެންފަދައިން ތިބާގެ ނަން ކީރިތި ޤުރްއާނުގައި ލިޔެވިފައި ނެތުމަކީ ފިރިއައުނާއި އަބޫޖަހުލުގެ އަދާކުރުމުން ހަމަ އެޢަޛާބު ނުލިބި ރެކިގަނެވޭނެ މީހަކު ކަމުގައި ވެވިދާނެ ކަމަށް އުންމީދުނުކުރާށެވެ!

ކުޑަކުދިންނަށް ޗޮކްލެޓްދީގެން އޮޅުވާލާފަދައިން މީސްތަކުންނަށް ދަޅަ ދައްކައިގެން އޮޅުވާލައިގެން މިއަދު ހުރެވިދާނެއެވެ. ނަމަވެސް ތިބާގެ ހިތާއި ގުނަވަންތައް ހެކިދޭދުވަހު ތިބާ ފައުޅުވެގެންދާނީ ހަމަ ޖާހިލު ޖައްބާރެއްގެ ގޮތުގައެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން