ލޯބި ބަހާނަމަ އެކަމަށް ސްމާޓް އަންހެނުން އެމީހުންގެ ސްމާޓްކަން ދައްކާލީމަ ކުށްވެރިކުރާނެ ކަމެއް ނެތް! އެންމެ ރަނގަޅު ވަޤުތުގަ ފިޔަވަޅު އަޅައި ބަދަލުހިފާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ލޯބި ބަހާނަމަ އެކަމަށް ސްމާޓް އަންހެނުން އެމީހުންގެ ސްމާޓްކަން ދައްކާލީމަ ކުށްވެރިކުރާނެ ކަމެއް ނެތް! އެންމެ ރަނގަޅު ވަޤުތުގަ ފިޔަވަޅު އަޅައި ބަދަލުހިފާނެ!

ފިރިމީހާ ލޯބިބަހަމުން ދުވާތަން ބަލަން ތިބުމަކީ ހެޔޮލަފާ އަނބިންނަށް އަނބިންނަށް ކެތްކުރެވޭނެ ކަމެއް ނޫނެވެ. ކިތަންމެ ހެޔޮލަފާ އަންތބަކު ނަމަވެސް އެކަމަށް ކެތްތެރިވާކަށް ބޭނުމެއް ނުވާނެއެވެ. ނުވެސްވެވޭނެއެވެ. އެކަމަކު ހުރިހާ އަންހެނުންނަކީ ފިރިމީހާގެ ބޮލުގައި ކޮށަމުން އަބަދު ދުވާނެ ބައެއް ނޫނެވެ. 

ބޮލުގަ ކޮށަމުން ނުދުވީމާ، ނުވަތަ ކޮށުން ހުއްޓައިލީމާ ބައެއް ފިރިންނަށް ހީވަނީ އެހިސާބުން ދެން އެކަން ނިމުނީ ކަމަށެވެ. ބޭނުންހައި ގޮތަކަށް އުޅެންވީ ކަމަށެވެ. ލޯބި ބަހަމުން ދުވަން ލައިސަންސް ލިބުނީ ކަމަށެވެ. 

ހަމަހިލާ އެހެންނަކުން ނުވާނެއެވެ. އެހިސާބުން ނިމެނީ ބޮލުގައި ކޮށުމެވެ. މާނައަކީ ކަންކަމާއި ގުޅިގެން ވަކިވަރަކަށް ޝަކުވާކުރުމުންވެސް ހުއްޓާނުލާނަމަ އަނބިމީހާ ހުއްޓައިލާނީ ޝަކުވާކުރުމެވެ. އެއީ އެއްވެސް ޙާލެއްގައި ކަންބޮޑުވުން ނިންމައިލުމެއް ނޫނެވެ. ކަންބޮޑުވުން އަންނަނާނީ ދުވަހެއް ދުވަހަކަށް ބޮޑުވެ އިތުރުވަމުންނެވެ. 

ދަންނާށެވެ! އަނބިމީހާ ފިރިމީހާއަށް އެހިސާބުން އެދެނީ ބަހާނެ ވަރަކަށް ލޯބިބެހުމުގެ ލައިސަންސް ކަމަށްވެސް ވެދާނެއެވެ. ނަމަވެސް މަޑުން ހުންނަ ހުރުން އެބުނެދެނީ އަނބިމީހާ އެކަމަށް އަޅައިވެސް ނުލައި މަޑުން ހުންނާނެ ވާހަކައެއް ނޫނެވެ. އަނބިމިހާ އެދެނީ ބަދަލުހިފާނެ ކަމުގެ މެސެޖެވެ. މެސެޖް ދިނުމާއިއެކު ދާނީ ބަދަލުހިފަން ތައްޔާރުވަމުންނެވެ. 

ދެން ދައްކައިލާނީ އަނބިމީހާގެ ސްމާޓްކަމެވެ. "ބާއި" ބުނެލާފައި ގެއިން ނުކުމެގެންދާނީއެވެ. އަނބިމީހާގެ ގޭގައި އުޅޭނަމަ ގެއިން ނެރެލާނީއެވެ.  

އެތައް ސަތޭކަ މީހުން ބައިވެރިވި ސެޝަނެއްގައި މިވާހަކަ މިގޮތަށް ކުރިންވެސް ދެއްކީމެވެ. މިބުނި ޙާލަތު ކުރިމަތިވި ގިނަ ބައަކު އަހުރެންނާއި ބައްދަލުކޮށް އެމީހުންގެ ޙަޔާތުގައި ކަންކަން މެދުވެރިވީ ހަމަ މިގޮތަށް ކަމަށް ބުނެ ހިތާމަފައުޅުކުރިއެވެ. އަހުރެން މިރޭވެސް މިވާހަކަ މިދެއްކީ ފަހުން ހިތާމަކުރަން ނުޖެހޭނެ ގޮތަށް ޒަވާޖީޙަޔާތުގެ ދިރިއުޅުން ކުރިއަށް ގެންދަން ބުނެ ނަބީޙަތްތެރިވުމުގެ ގޮތުންނެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅުން

 

 

މިއަދު އޮންލައިން