މިކަންކަން ވިސްނަވައިދެއްވާ! މި ޙަޤީޤަތްތައް އެނގޭނަމަ މަސްތުވާ އެއްވެސް އެއްޗެއް ބޭނުމެއް ނުކުރާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 47ސ
މިކަންކަން ވިސްނަވައިދެއްވާ! މި ޙަޤީޤަތްތައް އެނގޭނަމަ މަސްތުވާ އެއްވެސް އެއްޗެއް ބޭނުމެއް ނުކުރާނެ! އިން ޝާ ﷲ

އަޅުގަނޑުގެ ދަރިފުޅަކީ ތަނަވަސްކަން ލިބިފައިވާ ދަރިއެކެވެ. ނަމަވެސް އެކުގައި އުޅޭ ބައެއްގެ ސަބަބުން މަސްތުވާ ތަކެތި ބޭނުންކުރަން ފަށައިފިއެވެ. އެކަންކުރަނީ ވަރަށް ސިއްރުންނެވެ. ނަމަވެސް ޢަމަލުތައް ހުންނަ ގޮތުންނާއި އުޅޭ ގޮތުން އަނބިމީހާއަށްވެސް އެކަން ޔަޤީންކުރެވެއެވެ. 

މިފަދަ ޙާލަތެއް މެދުވެރިވުމުން ވިސްނައިދޭން ޢަމަލުކުރާނެ ގޮތެއް ބުނެދީފާނަންތަ؟ 

ތިއަ ޙާލަތުގައި ފުރަތަމަ ކަމަކަށް އޭނާއަށްޓަކައި މައިމީހާ ދުޢާކުރަމުން ގެންދާށެވެ. އަދި އަނބިމީހާވެސް ދުޢާކުރާށެވެ. އެކުވެރިންގެ ތެރޭގައި ތިބި ހެޔޮލަފާ މީހުންނާއި ޢިލްމްވެރިން މެދުވެރިކޮށް ނަބޭޙަތްދޭން މަސައްކަތްކުރާށެވެ. 

ތިރީގައިވާ ލިޔުމަކީވެސް އެހީތެރިވެދޭނެ ލިޔުމެކެވެ. އިން ޝާ ﷲ 

ދުނިޔޭގެ އެންމެ މަޖާ މީހުން ކަމަށް ހެދިގެން ދުނިޔޭގެ އެންމެން  ހެއްވަމުން ދިއަ އެތައް ބައަކު އޯވަރޑޯޒްވުމުގެ ސަބަބުން އެދަނީ މަރުވަމުންނެވެ! އެކަމުން ވެސް އެނގެނީ އޭނާއަކީ ކިތަންމެ އުފާވެރި މީހެއްގެ ގޮތުގައި އޭނާގެ މޫނު ދުނިޔެއަށް ދެއްކި ނަމަވެސް އޭނާގެ ހަޔާތުގައި އެއްވެސް އުފާވެރިކަމެއް ނެތްކަމެވެ. 

އޯވަރޑޯޒްވެގެން މަރުވާ ބިލިއަނަރުންނާއި އަދި ބަނގުރަލާއި އެނޫންވެސް މަސްތުވާތަކެތި ބޭނުން ކުރާ އެންމެންގެ ކިބައިންވެސް އެނގެނީ އެމީހުންގެ މޫނުމަތިން ކިތަންމެ ބޮޑު އުފާވެރިކަމެއް ދެއްކި ނަމަވެސް ހަޤީޤަތުގައި އެމީހުންނަކީ ދިރި ތިބި ނަމަވެސް މަރުވެފައިވާ ބައެއް ކަމެވެ. 

ޤަބޫލުކުރެވުނަސް ނުކުރެވުނަސް ދުނިޔޭގައި ދިރިތިބި ނަމަވެސް މަރުވެފައި ތިބި މީހުން މިދަނީ ގިނަވަމުންނެވެ! ހިތާމައަކީ އެމީހުންނަށް އެމީހުންތިބި ޙާލަތު ނުވެސް އެނގޭކަމެވެ. ސިކުނޑިއަށް ޖެހިފައިވާ ބަލި ބޮޑުކަމުންނެވެ. ސިކުނޑިން ބޮޑު ބައެއް އުނިވެފައިވާތީއެވެ. 

ދިރިހުރި ނަމަވެސް މަރުވެފައިވާ މީހުންނަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟ އެއީ ބަނގުރަލާއި އެ ނޫންވެސް މަސްތުވާ ތަކެތި ބޭނުންކުރާމީހުންނެވެ! އެފަދަ މީހަކަށް ކިތަންމެ ގިނަ އަނބިންނާއި ކިތަންމެ ބޮޑު ތަނަވަސްކަމަކާއި އަދި ކިތަންމެ މަތީ މަޤާމެއް ލިބިފައިވީނަމަވެސް އެއިން އެއްވެސް ކަމަކުން އެއްވެސް އުފާވެރިކަމެއް ނުލިބޭނެއެވެ. 

އެކަން އެހެން އެވަނީ އެފަދަ ކަންކަންކުރުމުން އެމީހުންނާއި ﷲ ތައާލާ އާއި ދެމެދު އޮންނަންޖެހޭ ގުޅުންތައް ކެނޑިގެންދާތީއެވެ. ﷲ ތަޢަލާ އާއި ގުޅުން ނެތް މީހަކަށް ލިބޭނެ އެއްވެސް ޙަޤީޤީ އުފާވެރިކަމެއް ނެތެވެ. ދުނިޔޭގެ އެންމެ ބޮޑެތި ބިލިއަނަރުން އޯވަރޑޯޒްވެ މަރުވަމުން އެދަނީ އެމީހުންނަކީ ކިތަންމެ ބޮޑެތި މުއްސަނދިން ކަމުގައިވީނަމަވެސް އެމީހުންގެ ދިރިއުޅުމުގައި އެއްވެސް އުފާވެރިކަމެއް ނެތުމުންނެވެ. އެއްވެސް އުފާވެރިކަމެއް ހުރިނަމަ އުފާވެރިކަން ހޯދަން ތިމާގެ ޞިއްހަތަށް ގެއްލުން ލިބޭ، ފުރާނައަށް ނުރައްކާ ކުރާ އެއްވެސް ކަމެއް ކުރާކަށް ނުޖެހޭނެއެވެ. އެބާވަތުގެ އެއްވެސް އެއްޗެއް ބޭނުނަކުރާކަށް ނުޖެހޭނެއެވެ. 

ﷲ ތަޢަލާ އާއި ބާއްވަން ޖެހޭ ގުޅުން ނުބާއްވައި އުޅުމަކީ ވަރަށް ބޮޑެތި ގެއްލުންތައް މިދުނިޔޭގައިވެސް ލިބިގެންދާ ކަމަކެވެ. މުއްސަނދިން ފަޤީރުވެއެވެ. ލިބިފައިވާ މަތީ މަޤާމުތައް ގެއްލިގެން ދެއެވެ. ނުހަނު ބުރަ މަސައްކަތުން އެތައް ކަރަދެއްކޮށްގެން ހޯދި އަނބިމީހާ އާއި ދަރިންކޮޅުވެސް ގެއްލިގެންދެއެވެ. މީހުން ތެރޭގައި އަބުރު ގެއްލި ފަޟީޙަތްވެގެންވެސް ދެއެވެ. 

ﷲ ތަޢާލާ އާއި ބާއްވަން ޖެހޭ ގުޅުން ނުބާއްވައި އުޅޭނަމަ ހަސަދަވެރިން އަހަރެމެންގެ މައްޗަށް ވަރަށް ފަސޭހައިން ވެރިވެގަންނާނެއެވެ. އަހަރެމެންގެ ޙައްޤުތައް ޖަހައިގަނެގެން ގެންދާނެއެވެ. އިސްލާމީ އުންމަތް މިއަދު ނިކަމެތިވަމުންދާ އެންމެ ބޮޑު ސަބަބަކީވެސް ހަމަ އެއީއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން