ކޮންމެ މީހަކީވެސް ތިބާއާ ވަކިވާނެ މީހެއް! އެކަމަށް ކެތްތެރިވެލީމާ ދެއްވަވާ އުފާވެރިކަން މާބޮޑުވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ކޮންމެ މީހަކީވެސް ތިބާއާ ވަކިވާނެ މީހެއް! އެކަމަށް ކެތްތެރިވެލީމާ ދެއްވަވާ އުފާވެރިކަން މާބޮޑުވާނެ! އިން ޝާ ﷲ

ކޮންމެ ދުވަހަކު އިރި އަރައި އަދި އިރު އޮއްސޭކަން ބުނެދެނީ ދުނިޔޭގައި އެއްވެސް ނިޢުމަތެއް ދާއިމަށް އެމީހަކާއިއެކުގައި ދެމިނުހުންނާނެކަމެވެ. މޫސުން ބަދަލުވުންވެސް އަންގައިދެނީ ހަމަ އެއް ކަމެކެވެ. އަބަދު ބަހާރު މޫސުން ދެމި ނުއޮންނާނެ ކަމެވެ. ޚަރީފް މޫސުންވެސް އަންނާނެއެވެ. ފިނި މީސުމާއި ހޫނު މޫސުންވެސް އަންގައިދެނީ ހަމަ އެކަމެވެ. 

ވީމާ ޙަޔާތުގެ ބައިވެރިޔާވެސް ވަކިވާނެއެވެ. އެންމެ ގާތް އެކުވެރިންވެސް ވަކިވާނެއެވެ. އެެހންމީހުންވެސް ވަކިވާނެއެވެ. އެއިން އެއްވެސް ކަމަކީ މައްސަލައެއް ކަމަށް ނުދެކޭށެވެ! އެއީ ހަމަ އެންމެން އެދިއެދި ތިއްބައި ބަހާރު މޫސުން ނިމިގެންދިއުން ފަދަ ކަމެކެވެ. 

ޔަޤީންކުރަންވީ މިއަދު ކުރިމަތިވެފައިވާ ހިތްދަތި ޙާލަތު ދާއިމަށް ތިމާއާއިއެކުގައި ނުވާނެ ކަމެވެ. ދާދި އަވަހަށް މާ އުފާވެރި ގޮތްތައް މެދުވެރިވާނެކަމެވެ. އެކަން އަވަސްވުން އޮތީ އެކަމަށް އެދިގެން އެމީހަކު މަސައްކަތްކުރާ ވަރެއްގެ މައްޗަށެވެ. 

ނޭވާލެވޭނަމަ އެވަނީ އެންމެ އުފާވެރިކަން ލިބފައެވެ. ކާންބޯން ލިބޭނަމަ އެހުރެވެނީ ނިޢުމަތުގައެވެ. ރަހްމަތުގައެވެ. ދެން އޮންނާނީ ހިތަށް ބޭނުންވާ އުފާވެރިކަމެވެ. ހިތުގެ މިލްކުވެރި ﷲ ތަޢާލާއަށް ހިތް ހަދިޔާކޮށްފައިވާނަމަ އެހިތަށް އުފާވެރިކަން މިންވަރުކުރައްވަވާނެތެވެ. 

އެކަމަކު ވިސްނާށެވެ! ޙަޤީޤީ އުފާވެރިކަން ހޯދޭނީ މަގުތަކަށްނުކުމެ ހިނގައިގެނެއް ނޫނެވެ. ﷲ ތަޢާލާއަށް ކިޔަމަންތެރިވެ ހުރެ ކުރާ ދުޢާއިންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން