މިއަދު ފާހަގަކުރާ އިންޑިއާގެ 75 ވަނަ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ އެޤައުމުގެ ރައީސް ދްރޯޕަތީ މުރުމޫ އާއި ބޮޑުވަޒީރު ނަރެންދްރަ މޯދީއަށާއި އިންޑިއާގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ފޮނުއްވައިފިއެވެ.
މިކަމާގުޅިގެން ސޯސަލްމީޑީއާގައި ކުރެއްވި ޕޯސްޓުގައި ރައިސް ވިދާޅުވީ އިންޑިއާއާއެކު އޮންނަ ގާތް ރަހުމަތްތެރިކަމުގެ ގުޅުމަށް ދިވެހިރާއްޖޭން އަބަދުވެސް އިހުތިރާމް ކުރައްވާނެ ކަމަށެވެ. އަދި މިވަރުގަދަ ގުޅުމަކީ ދެ ޤައުމުގެ ދެމެދުގައި އޮތް އިހުތިރާމާއި އެއްގޮތް ވިސްނުންތަކުގެ ސަބަބުން އުފެދިފައިވާ ގުޅުމެއް ކަމަށެވެ.
އަދި ދެ ޤައުމަށް ދިމާވާ މައްސަލަތަކުގައި ގުޅިގެން މަސައްކަތް ކުރެއްވުމަށާއި ގުޅުން އިތުރަށް ހަރުދަނާ ކުރެއްވުމަށާއި، އަދި ދެ ޤައުމުގެ ރައްޔިތުންނަށް ފައިދާކުރާ ކަންކަމުގައި އެކުގައި މަސައްކަތް ކުރެއްވުމަށް ސާބިތުކަމާއެކު ހުންނެވި ކަމަށް ރައީސް ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.