އޮސްޓްރޭލިއާ ޑޭގެ ތަޙުނިޔާ އާއި އިންޑިޔާގެ ޖުމްހޫރީ ދުވަހުގެ ތަޙުނިޔާ ނައިބު ރައިސް ފޮނުއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 53ސ
އޮސްޓްރޭލިއާ ޑޭގެ ތަޙުނިޔާ އާއި އިންޑިޔާގެ ޖުމްހޫރީ ދުވަހުގެ ތަޙުނިޔާ ނައިބު ރައިސް ފޮނުއްވައިފި

އޮސްޓްރޭލިއާ ޑޭގެ ތަޙުނިޔާ އާއި އިންޑިޔާގެ ޖުމްހޫރީ ދުވަހުގެ ތަޙުނިޔާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްޠާޛް ޙުސައިން މުޙައްމަދު ލަތީފް ފޮނުއްވައިފިއެވެ.

މިކަމާގުޅިގެން ސޯސަލްމީޑީއާގައި ކުރެއްވި ޕޯސްޓުގައި ނައިބު ރައީސް ވަނީ އޮސްޓްރޭލިއާ ޑޭގެ ހެޔޮ އެދުންތައް އެ ޤައުމުގެ ސަރުކާރާ ރައްޔިތުންނަށް ފޮނުއްވާފައެވެ. މި ޕޯސްޓުގައި ނައިބު ރައީސް ވިދާޅުވެފައިވަނީ ދިވެހިރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދުގައި އޮތް ގުޅުން، ކުރިމަގުގައި އިތުރަށް ބަދަހިވެގެންދާނެކަމަށެވެ.

މީގެއިތުރުން އިންޑިއާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަރުގައި އެ ޤައުމުގެ ނައިބު ރައީސް ޖަގްދީޕް ދަންކަރްއަށާއި އެކުވެރި އިންޑިޔާގެ ރައްޔިތުންނަށް އަރިސްކުރާކަމަށާއި ޖުމްހޫރީ ދުވަސް ފާހަގަކުރަމުންދާއިރު، އިންޑިޔާގެ ރައްޔިތުންނަށް ފުރިހަމަ މިނިވަންކަމާއި އުފާ ފާގަތިކަމަށް އެދިވަޑައިގަންނަވާކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ކުރިމަގުގައިވެސް އިންޑިޔާއާއި ދިވެހިރާއްޖެ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރިއަށްދާނެކަމަށް އުއްމީދުކުރައްވާކަމުގައި ވެސް ނައިބު ރައީސް ވަނީ ވިދާޅުވެފައެވެ.


 

މިއަދު އޮންލައިން