ސްޓެލްކޯއިން ތުލުސްދޫގަ ޢިމާރާތްކުރާ މެކޭނިކަލް ޓްރޭނިންގ ސެންޓަރުގެ ހުރިހާ މަސައްކަތެއް މުވައްޒިފުން ކުރާތީ 75% ޚަރަދުކުޑަވާނެ! ހުރިހާ މުވައްޒިފުންނަށް އައްސަރިބަހާ ސާބަސް!: ފަހުމީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 32ސ
ސްޓެލްކޯއިން ތުލުސްދޫގަ ޢިމާރާތްކުރާ މެކޭނިކަލް ޓްރޭނިންގ ސެންޓަރުގެ ހުރިހާ މަސައްކަތެއް މުވައްޒިފުން ކުރާތީ 75% ޚަރަދުކުޑަވާނެ! ހުރިހާ މުވައްޒިފުންނަށް އައްސަރިބަހާ ސާބަސް!: ފަހުމީ

ކ.ތުލުސްދޫގައި ޢިމާރާތްކުރަމުން ގެންދާ ސްޓެލްކޯގެ މެކޭނިކަލް ޓްރޭނިން ސެންޓަރު ޢިމާރާތްކޮށް މުޅި މަޝްރޫޢު ކުރިއަށް ގެންދަން ސްޓެލްކޯގެ މުވައްޒިފުން ކުރާ މަސައްކަތްތަކަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ތަޢްރީފް ކުރައްވައިފިއެވެ.

ފަހުމީ ވިދާޅުވީ ޢިމާރާތުގެ ބޮޑު ބައެއް މިހާރު ނިމިފައިވާ ކަމަށެވެ. އަދި އިމާރާތް ފުރިހަމައަށް ފަރުމާކޮށް ކުރިއަށް ގެންދަނީ ޑިޒައިން ކުރުމުން ފެށިގެން ސްޓެލްކޯގެ މުވައްޒަފުންގެ ޕްލޭނިންގ ހުނަރާއި މަސައްކަތްތެރިކަން ދައްކައިދީގެން ކަމަށެވެ.

މި ފެސިލިޓީ ހެދުމުގެ މަސައްކަތް، ޑިޒައިންކުރުމާއިއެކު ކޮންސެޕްޝަނުން ފެށިގެން އެގްޒެކެޝަންއާ ހަމައަށް، ހުރިހާ މަސައްކަތެއްވެސް ކުރިއަށް ގެންދަނީ ސްޓެލްކޯގެ މުވައްޒަފުންނެވެ. މި މަޝްރޫޢު ހަޤީޤަތަކަށް ހެދުމަށްޓަކައި، ސްޓެލްކޯގެ މުވައްޒަފުންގެ އިޚްލާޞްތެރިކަން ދައްކައިދީ ހީވާގިކަމާއިއެކު މަސައްކަތް ބާރަށް ކުރިއަށް ގެންގޮސް އަވަހަށް ނިންމާލުމަށް ކުރަމުންގެންދާ ހިތްވަރަށް ފަހުމީ ވަނީ ތަޢްރީފްކުރައްވައިފައެވެ. "ހުރިހާ މުވައްޒިފުންނަށް ހަމަ އައްސަރިބަހާ ސާބަސް!"

ފަހުމީ ވިދާޅުވީ މަޝްރޫޢު އައުޓްސޯސްކުރިނަމަ 10 ވަކަށް މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށާއި ނަމަވެސް ސްޓެލްކޯގެ މުވައްޒިފުން ހުރިހާ ކަމެއް ކުރާތީ ޚަރަދުވާނެ ކަމަށް ބެލެވެނީ އެޢަދަދުގެ ހަތަރުބައިކުޅއެއްބައިހައިވެސް ކުޑަ ޢަދެއް ކަމަށެވެ.

މިއަދު އޮންލައިން