ހިތްދަތި ޙާލަތެއް މިންވަރުކުރައްވަވައިފިނަމަ ޔަޤީންކުރަންވީ އެއުޅެނީ އިތުރު އުފާވެރިކަން ދެއްވަވަންކަން! ލިބިގަންނަން މަސައްކަތްކުރޭ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 37ސ
ހިތްދަތި ޙާލަތެއް މިންވަރުކުރައްވަވައިފިނަމަ ޔަޤީންކުރަންވީ އެއުޅެނީ އިތުރު އުފާވެރިކަން ދެއްވަވަންކަން! ލިބިގަންނަން މަސައްކަތްކުރޭ!: މުފްތީ މެންކް

އެންމެ ހެޔޮ ވިސްނުން އިންސާނުންނަށް ލިބެނީ މާލީ ގޮތުން އަތްމަތި ދަތިވެ ނިކަމެތ ޙާލުގައި ޖެހޭ ވަގުތުގައެވެ. ބަލިމަޑުކަމާއި މުޞީބާތްތައް ކުރިމަތިވުމުންނެވެ. ކައިވެނި ރޫޅުމުން ފަދަ ޙާލަތްތައް ކުރިމަތިވުމުންނެވެ. ހަތަރު އުދަރެސް ވަނީ ފެނުޖެހި ދެން ސަލާމަތްނުވެވޭނެ މަގެއް ނެތްކަން އިޙްޞާޞްކުރެވޭ ޙާލަތުގައެވެ.

އެހެނެއްކަމަކު ގިނައީ މިފަދަ ޙާލަތުގައި މާޔޫސްވެ ނުބައި ވިސްނުން ލިބި މަގުން ދުރުހެލިވާ މީހުންނެވެ! އެފަދަ މީހަކަށް ނުވެ ފުރަތަމަވެސް ޔަޤީންކުރަންވީ ﷲ ތަޢާލާގެ ވަޙީބަސްފުޅެވެ. ކޮންމެ މުޞީބާތަކާއިއެކުގައިވެސް އުފާވެރިކަމެއް ވާނެކަމަށް އޮތް ބަސްފުޅެވެ. އެކަމުގެ ޔަޤީންކަމާއިއެކު ކުރިއަށް ދަމާ ހިނގާށެވެ! 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ޙައްޤު މަގުގައި ޘާބިތުވެ ހުރި މީހަކަށް ގޮތް ހުހެއް ނުވާނެއެވެ. ނުކުމެވޭނެ ދޮރެއް ނެތި ބަންދެއްވެސް ނުވާނެއެވެ. ހުރިހާ ކަމަކުންވެސް ސަލާމަތްވެވޭނެ ކޮންމެވެސް މަގެއް ﷲ ތަޢާލާ ދައްކަވާނެތެވެ. އެއީ ހަމަ އެންމެ މުސްލިމަކުވެސް ޝައްކުކޮށްގެންވާނެ ކަމެއް ނޫނެވެ. 

އެންމެ ރަނގަޅު ވިސްނުން ލިބޭނީ އެންމެ ނިކަމެތިހާލުގައިވާ ވަގުތުގައިކަމަށް ބުނި ނަމަވެސް އެވިސްނުން ލިބޭނީ ތިމާއަށް ކުރެވިފައިވާ ފާފަތަކާއި ނުރަނގަޅު ކަންކަން ހިތްމައްޗަށް ގެނެވިގެންނެވެ. ތައުބާވެ ކަންކަން އިޞްލާޙްކުރަން ނިޔަތްގަނެ އެކަމަށް މަސައްކަތްކުރުމުންނެވެ. 

އެފަދަ ޙާލަތު ކުރިމަތިކުރައްވަވަނީ މިބުނި ފަދައިން އަމަލުކުރުމަށް ފުރުޞަތު ދެއްވެވުމަށެވެ. ތައުބާވެ ޢަމަލުތައް އިޞްލާޙްކުރަން ފުރުޞަތު ދެއްވެވުމަށެވެ. އަޅުކަންކުރުން ގިނަކުރަން ހިތްވަރުދެއްވެވުމަށެވެ. 

ވީމާ ނިކަމެތިކަމާއި ދަތިކަން އިޙްޞާޞްވާ ކޮންމެ ޙާލަތެއްގައިވެސް ކެތްތެރިކަން އިސްކޮށް ތިމާގެ އަމަލުތަކާއިމެދު ފުންކޮށް ވިސްނައިލާށެވެ! އިޞްލާޙްކުރަންޖެހޭ ކަންކަން އިޞްލާޙްކޮށްލާށެވެ! ﷲ ތަޢާލާ އާއި އިތުރަށް ކުއްތަންވުމަށް ގަދައަޅައި މަސައްކަތްކުރާށެވެ! އެއިރުން މާއުފާވެރި މާފާގަތި ދުވަސްތައް މިންވަރުކުރައްވަވާނެތެވެ! އިން ޝާ ﷲ

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން