ކައިވެނި ރޫޅުނީ އަނެކާގެ ނުބައިކަމުން ކަމަށްވާނަމަ ރަނގަޅަށް ހުރި މީހާއަށް އެއީ ތަޤްދީރެވެ! އެއިރުން އެކަމަށް މާފުރިހަމަ ބަދަލެއް ﷲ ތަޢާލާ ދެއްވަވާނެތެވެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ކައިވެނި ރޫޅުނީ އަނެކާގެ ނުބައިކަމުން ކަމަށްވާނަމަ ރަނގަޅަށް ހުރި މީހާއަށް އެއީ ތަޤްދީރެވެ! އެއިރުން އެކަމަށް މާފުރިހަމަ ބަދަލެއް ﷲ ތަޢާލާ ދެއްވަވާނެތެވެ! އިން ޝާ ﷲ

ޢާނއެކެވެ! ކޮންމެ ކަމެއްވެސް މެދުވެރިވާނީ ﷲ ތަޢާލާގެ މިންވަރުފުޅުންނެވެ. ނަމަވެސް ކަންކަން މިންވަރުފުޅާއި އެޅުވުމަކީ އެހާފަސޭހައިން ކުރެވެން އޮތް ކަމެއްވެސް ނޫނެވެ. ސަބަބުތައް ބައިވަރެވެ.  

ބައެއް މިޘާލުތައް:  

ބޮކި އަނދަނީކަން އެބަ އެނގެއެވެ. އަލިފަނޑުވަމުންދާތީއެވެ. އަޅައިވެސް ނުލައި، ބޮކި ބަދަލުނުކޮށް ހުއްޓައި ރޭގަނޑަކު ބޮކި އަނދައި އަނދިރިވީމާ އެއީ މިންވަރުފުޅު ކަމަށް ބުނެވޭނެއެވެ.  

ތިބާގެ އަތުގައި އޮތް ވަޅިއަކުން ނުވަތަ ވަޅިއެއް ނަގައިގެން ޤަޞްދުގައި އިނގިއްޔެއް ބުރިކޮށްލީއެވެ. ބުރިކޮށްލާފައި އެއީ މކިންވަރުފުޅު ކަމަސް ބުނެވޭނެ ހެއްޔެވެ؟  

އެއްވެސް ޝައްކެއް ނެތެވެ. މިފަދަ އެއްވެސް ޙާލަތެއްގައި އެއީ މިންވަރުފުޅު ކަމަކަށް ނުބުނެވޭނެއެވެ. ސަބަބަކީ އެކަންކުރީ ތިބާއަށް ދެއްވަވާފައިވާ އިޚްތިޔާރުގެ ބޭނުންކޮށްގެން ތިބާކަމަށްވީތީއެވެ. ބޮކި އަނދައި އަނދިރިވީ ތިބާ ބޮކި ބަދަލުނުކުރީތީއެވެ. އިނގިލި ބުރިވީ ތިބާ ބުރިކޮސްލީމަ ކަމަށްވާތީއެވެ.  

ދެމަފިރިންގެ މެދުގައި ޚިޔާލުތަފާތުވުމެއް އުޅޭނަމަ އެކަމެއް ޙައްލުކުރަން މަސައްކަތްކުރަންޖެހޭނެއެވެ. އެކަމަށް މަސައްކަތް ނުކޮށް ހުއްޓައި މައްސަލަތައް ގިނަވެ ކައިވެނި ރޫޅުމުން ތިބާ އަދާކުރަންޖެހޭ ޒިންމާ ކޮބައިހެއްޔެވެ؟ ދެން އޮތީ ބޭވަފާތެރިވުމެވެ. ބައިވެރިޔާއާއިމެދު ފަރުވާކުޑަކުރުން ފަދަ ކަންކަމެވެ. ބައިވެރިޔާ ނުރުހޭނެ ކަންކަން ކުރުމެވެ. އެކަންކަންވެސް ކުރަނީ ތިބާ ނޫންހެއްޔެވެ؟  

އެހެނެއް ނޫނެވެ. ކައިވެނި ރޫޅުނީ އެކެއްގެ ނުބައިކަމުން ކަމަށްވާނަމަ ރަނގަޅަށް ހުރި މީހާއަށް އެއީ ތަޤްދީރެވެ. މިންވަރުފުޅެވެ. އަދި އެއިރުން އެކަމަށް މާފުރިހަމަ ބަދަލެއް ﷲ ތަޢާލާ ދެއްވަވާނެތެވެ! އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން