ލޯބީގެ އިންޖީނަށް އަޅަންޖެހޭ ތެލުގެ 4 ބާވަތް- އެންމެ ބާވަތެއް މަދުވިޔަސް އިންޖީނެއް ނުހިންގޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ލޯބީގެ އިންޖީނަށް އަޅަންޖެހޭ ތެލުގެ 4 ބާވަތް- އެންމެ ބާވަތެއް މަދުވިޔަސް އިންޖީނެއް ނުހިންގޭނެ!

ދެމަފިރިއެއްގެ ގުޅުން ބަދަހިކަމާއިއެކު ކުރިއަށް ދިއުމަށް ފަސްކަމެއް ބޭނުންވެއެވެ. 

އެއީ ދެމީހުންގެ މެދުގައި އޮންނަންޖެހޭ ރަޙްމަތްތެރިކަން، ލޯބި، ތެދުވެރިކަން، އިތުބާރު އަދި އެކަކު އަނެކަކަށް އިޙްތިރާމް ކުރުމެވެ.

މިތަނުން އެންމެ މުހިންމު ކަމަކީ ކޮބައިތޯ ސުވާލުކުރެވިއްޖެނަމަ ގިނަ ބައަކު ބުނާނީ އެންމެ މުހިންމީ ލޯބިކަމަށެވެ. ނަމަވެސް އެންމެ މުހިންމީ ލޯތްބެއް ނޫނެވެ. ދިރިއުޅުމުގައި ކުރިމަތިވާ ކަންކަމުގެ ސަބަބުން ލޯބިވެވޭ މިންވަރަށް ބަދަލު އައުދެއެވެ. އެހެންކަމާއިއެކުގައިވެސް އެކުގައި އުޅެވިދާނެއެވެ. ލޯތްބިވެވޭ މިންވަރަކީ އަބަދުވެސް މަތިވެފައި ދަށްވާވެސް އެއްޗަކަށްވާތީއެވެ. 

ނަމަވެސް މި ބަޔާކުރި 4 ކަންތަކުންކުރެ ކަމެއް އުނިވެއްޖެނަމަ އެއޮތީ ރަތް ސިގްނަލް ދިއްލިފައެވެ. މާނައަކީ ދެމީހުންގެ މެދުގައި އޮންނަންޖެހޭ ރަޙްމަތްތެރިކަން ނެތިއްޖެނަމަ، ތެދުވެރިކަން ގެއްލި އިތުބާރު ގެއްލިއްޖެނަމަ އަދި އެކަކު އަނެކަކަށް އިޙްތިރާމް ކުރުން ނެތިއްޖެނަމަ އެކުގައި ނުއުޅެވޭނެކަމެވެ. 

ވީމާ ލޯތްބަކީ އިންޖީނެއް ކަމަށް ބަލާށެވެ! އަދި އެއިންޖީނަށް އަލަންޖެހޭ ތެލަކީ މި 4 ބާވަތް  ކަމަށް ބަލާށެވެ. އެއްވެސް ބާވަތެއް މަދުވެއްޖެނަމަ އިންޖީނު ނުހިންގޭނެކަން ޤަބާލުކުރަންވާނެ ނޫން ހެއްޔެވެ؟

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ބަސްފުޅަކުން

މިއަދު އޮންލައިން