އެހެން މީހުންގެ ތަނަވަސްކަމަށް ވިސްނައި ހަސަވެރިވެވުމަކީ އެމީހެއްގެ ކުރިއެރުން ހުއްޓޭ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
އެހެން މީހުންގެ ތަނަވަސްކަމަށް ވިސްނައި ހަސަވެރިވެވުމަކީ އެމީހެއްގެ ކުރިއެރުން ހުއްޓޭ ކަމެއް!

ކުޑަކުޑަ މިޘާލަކުން ފަށާނަމެވެ. ބޭންކަކަށް ފައިސާ ނަގަން ގޮސްފައި އެހެން މީހުންގެ އެކައުންޓްތަކުގައި ފައިސާ ހުރިވަރު ބެލުމުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ އެހެން މީހުން ގެންދާ ފައިސާގެ ގިނަކަން އެނގުނަސް، ޖަމާކުރާ ޢަދަދު އެނގުނަސް ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟  

ތިބާއަށް ނެގޭނީވެސް ގެންދެވޭނީވެސް ތިބާގެ އެކައުންޓަށް ތިބާ ޖަމާކޮށްފައިހުރި ފައިސާއެކެވެ. ވީއިރު އެހެން މީހެއްގެ އެކައުންޓުގައި ފައިސާހުރި ވަރު ބެލުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ ގިނައިން ފައިސާ ނަގަން ބޭނުންނަމަ މަސައްކަތް ކުރަންވީ އިތުރު އާމްދަނީ ހޯދާށެވެ. ވީހައި ގިނަ ފައިސާ ތިމާގެ އަމިއްލަ އެކައުންޓަށް ޖަމާ ކުރާށެވެ.  

ދިރިއުޅެން ކުރާ މަސައްކަތުގައި ކުރިއަރައިދާން ބޭނުން ނަމަ އަމިއްލައަށް ރޭސް ޖަހާށެވެ. ތިމާއަށް ދެވޭނެ އެންމެ ބާރަކަށް ކުރިއަރައިދާން މަސައްކަތްކުރާށެވެ. އެހެން މީހުން ކުރިއަރައި ގޮސްފައިވާ މިންވަރަށް ނުބަލާށެވެ. އެމީހުންނާއި އެއް ފެންވަރަށް ތިބާއަށް ކުރިއަށް އެރެން ﷲ ތަޢާލާ އިރާދަ ކުރައްވަވާނެ ވަގުތަށް އިންތިޒާރުކުރާށެވެ. އެކަމަކީ ވުމަށް މިންވަރުފުޅުގައި އޮތް ކަމެއް ނަމަ އެކަމުގެ ވަގުތު ޖެހުމުން އެކަންވާނެއެވެ. 

އެހެން މީހުންގެ ކުރިއެރުމާއި ކާމިޔާބީއަށް ނުވިސްނާށެވެ! ޙަސަދަވެރިވެވުމަކީ ތިމާގެ ކުރިއެރުމަށް ހުރަސް އެޅި ހުއްޓުންއަރާ ކަމެކެވެ!

 

- މުފްތީ މެންކުގެ ދަރުސަކުން

 

 

މިއަދު އޮންލައިން