އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު، ޙާފިޡްކަމުގެ ސަނަދު އަލަށް ހާސިލްކުރި އަލްޙާފިޡް ޒަލަފް ބިން ނާފިޢުއާއި ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ މިއަދު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައެވެ. މި ބައްދަލުކުރެއްވުމުގައި ވަޒީރު ވަނީ އަލްޙާފިޡް ޒަލަފް ހޯދެއްވި ކާމިޔާބީއަށް މަރުޙަބާ ދަންނަވާ ޤުރުއާނުގެ ރޮނގުން ކުރިއަށް ދިއުމަށަށް ނަސޭޙަތްތެރިވެލައްވާ ހިއްވަރު ދެއްވާފައެވެ.
އދ. މަހިބަދޫއަށް އުފަން އަލްޙާފިޡް ޒަލަފް ބިން ނާފިޢު ޙާފިޡް ކަމުގެ ސަނަދު ހާސިލްކުރީ 12 ޖަނަވަރީ 2025 ގައެވެ. ޒަލަފް ޙާފިޡުކަމުގެ ސަނަދު ހާސިލްކޮށްފައިވަނީ 15 ދުވަސްތެރޭ ޤުރުއާނާއި ބެހޭ މަރުކަޒުގެ ޙިފްޡު ކޮމިޓީއަށް ކިޔުއްވާ 1 ވަނަ ދަރަޖައިގައި ފާސްވެގެންނެވެ.
ހަބަރު: ސަރުކާރު