މޮރޮކޯގެ އެމްބެސެޑަރު މުޙައްމަދު މަލިކީ، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރާއި ބައްދަލުކުރައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 46ސ
މޮރޮކޯގެ އެމްބެސެޑަރު މުޙައްމަދު މަލިކީ، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރާއި ބައްދަލުކުރައްވައިފި

މޮރޮކޯގެ ނަން ރެސިޑެންޓް އެމްބެސެޑަރ މުޙައްމަދު މަލިކީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއި މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައެވެ.

މި ބައްދަލުކުރެއްްވުމުގައި ވަޒީރު ވަނީ މޮރޮކޯގެ އެމްބެސެޑަރ އެމަނިކުފާނާއި ބައްދަލުކުރެއްވިކަމަށްޓަކައި ޝުކުރު އަދާކުރައްވާ، ދިވެހިރާއްޖެއާއި މޮރޮކޯއާއި ގުޅިގެން ދީނީ ރޮނގުން ކުރިއަށް ގެންދެވިދާނެކަންކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.

މީގެ އިތުރުން، ރާއްޖޭގެ އިމާމުން ތަމްރީން ކުރެއްވުމަށް ވުޒާރާއިން ކުރިއަށް ގެންދާ މަސައްކަތްތަކުގެ މަޢުލޫމާތު މޮރޮކޯގެ އެމްބެސެޑަރަށް ވަޒީރު ވަނީ އަރުއްވާފައެވެ. އަދި މޮރޮކޯއިން އިމާމުން ތަމްރީންކުރުމަށް ހުރި އެކި ފުރުސަތުތަކާއި ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން