ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ބޭނުންވާނީ ތަނަވަސްކަމާ މުޞީބާތަކުން ސަލާމަތްވެވި ދިރިއުޅުމުގައި ބަރަކާތް އިތުރުވުމަށެވެ! ހިންމަވައި ދެއްވަވާނެ ޢަމަލު ޤުރްއާނުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 26ސ
ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ބޭނުންވާނީ ތަނަވަސްކަމާ މުޞީބާތަކުން ސަލާމަތްވެވި ދިރިއުޅުމުގައި ބަރަކާތް އިތުރުވުމަށެވެ! ހިންމަވައި ދެއްވަވާނެ ޢަމަލު ޤުރްއާނުން-

އަތްމަތިދަތިކަން ފިލައި ރިޒްޤް ތަނަވަސްވުމަށާއި ކުރިމަތިވާ ކަންކަމުން ސަލާމަތްކުރައްވަވައި ދެއްވެވުން އެދިގެންނާއި ދިރިއުޅުމުގައި ބަރަކާތް އިތުރުކުރައްވަވައި ދެއްވެވުން އެދި ކުރަންވީ ކަންކަން ކީރިތި ޤުރްއާނުން މިއޮތީ އެނގޭށެވެ!

ދިރިއުޅުން ކުރިއަރުވަން ކިތަންމެ ވަރަކަށް މަސައްކަތްކުރިނަމަވެސް ކުރިއަރާނީ ﷲ ތައާލާގެ ރަޙްމަތްފުޅާއި ބަރަކާތް ލިބިގެންނެވެ. ނޫންނަމަ ކުރާ އެއްވެސް މަސައްކަތަކުން ކުރިއެރުމެއް ނުލިބޭނެއެވެ. އަބަދުވެސް ދާނީ ހުރަސްތައް ކުރިމަތިވަމުންނެވެ. ވީމާ ދިރިއުޅެން އަބަދުވެސް މަސައްކަތްކުރަންވާނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމަށް މަގުފަހިވާނެ ގޮތަށެވެ.

މިގޮތުން ކުރެވިދާނެ އެއްކަމަކީ ﷲ ތައާލާ ތިމާއަށް އަބަދުވެސް ބައްލަވައި ވޮޑިގަންނަވާކަން ހަނދާނުގައި ބެހެއްޓުމެވެ. ﷲ ތަޢާލާ ވަޙީކުރައްވަވާފައިވެއެވެ.

"--އަދި ﷲ އަށް ތަޤްވާވެރިވާ މީހާ ދަންނާށެވެ! އެކަލާނގެ އޭނާއަށް (އެކަމަކުން) ނުކުންނާނެ މަގެއް ދައްކަވާނެތެވެ. (2) –އަދި ހީވެސް ނުކުރާފަދަ ގޮތްގޮތުން އޭނާއަށް ރިޒްޤް ދެއްވަވާނެތެވެ. (3) (65:2،3)

ތަޤްވާވެރިވުމަކީ އަބަދުވެސް ﷲ ތަޢާލާ ހަނދުމަކުރުންމަތީގައި ދެމިހުރުމެވެ. އަބަދުވެސް ތިމާއަށް ﷲ ތަޢާލާ ބައްލަވައިވޮޑިގެންވާކަން ހަނދާނުގައި ބަހައްޓައި ﷲ ތަޢާލާއަށް ބިރުވެތިވުމެވެ. ﷲ ތަޢަލާ ވަޙިކުރައްވަވާފައި އެވަނީ ތިމަން ﷲ އަށް ފުރިހަމަގޮތުގައި ތަޤްވާވެރިވެގެން ހުންނަ މީހަކަށް ކޮންމެ ކަމެއް ކުރިމަތިވިނަމަވެސް އެކަމަކުން ސަލާމަތްވެވޭނެ މަގެއް ދައްކަވާނެ ކަމަށެވެ. އަދި އެމީހަކު ހީވެސް ނުކުރާހައި ގޮތްގޮތުން އެމީހަކަށް ރިޒްްް ތަނަވަސްކުރައްވަވައި ދެއްވަވާނެ ކަމެވެ.

ހަމައެއާއިއެކު ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް ވަކީލުކުރަމުން ގެންދާށެވެ!

ﷲ ތަޢާލާ ވަޙީކުރައްވަވާފައިވެއެވެ. "--އަދި ﷲ އަށް ވަކީލުކުރާމީހާ (ދަންނާށެވެ!) ފަހެ، އޭނާއަށް އެކަލާނގެ ފުދެއެވެ.---(65:3)

މިވަޙީ ބަސްފުޅުން އެނގިގެންދަނީ ފުރިހަަމަގޮތުގައި ﷲ ތަޢާލާއަށް ވަކީލުކޮށްގެން ހުންނަ މީހާގެ ހުރިހާ ކަންކަން (އޭނާގެ ބޭނުންތައް) ﷲ ތަޢާލާ ފުއްދަވައި ދެއްވަވާނެ ކަމެވެ.

ވީމާ އެނގިގެންމިދިއައީ ފުރިހަމަ ގޮތުގައި ތަޤްވާވެރިވެ އަދި ފުރިހަމަގޮތުގައި ވަކީލުކޮށްގެން ހުރުމުން އެމީހާގެ ބޭނުންތައް ފުއްދަވައިދެއްވަވާނެކަމެވެ! އެކަންކަމަށް އެދޭ މީހާއަށް އޮތީ ޤުރްއާނުގައިވާ މަގުން ޢަމަލުކޮށް ރިޒްޤާއި ރަހްމަތް ލިބިގަތުމެވެ.

3 ދެއްވަވާފައިވާ ނިޢްމަތްތަކަށް ޝުކުރުވެރިވުންމަތީގައި ދެމިހުންނާށެވެ!

4 ޙަލާލް ނޫން ގޮތަކަށް އެއްވެސް ފައިސާއެއް، މުދަލެއް ނުހޯދާށެވެ! އަދި އެހެން މީހުންނާއިއެކުގައި ކުރާ މުޢާމަލާތުތަކުގައި ތެދުވެރިވާށެވެ!

5 ފާފަކުރުމާއި ދުރުހެލިވާށެވެ! ގިނަގިނައިން އިސްތިޣްފާރުކޮށް ފާފަތައް ފުއްސަވައިދެއްވެވުން އެދި ދަންނަވަމުން ގެންދާށެވެ!

6 ކޮންމެ ކަމެއް ކުރަން ފެށުމުގެ ކުރިންވެސް ބިސްމިﷲ ކިޔައި ﷲ ތަޢާލާގެ މަތިވެރިކަން ހިތަށް ގެންނާށެވެ!

7 ކިތަންމެ ކުޑަ ތަންކޮޅެއް ނަމަވެސް ކީރިތި ޤުރްއާން ކިޔެވުން ގިނަކުރާށެވެ!

8 ވެވުނު މިންވަރަކުން ޞަދަޤާތްކުރުން ގިނަކުރާށެވެ! ފައިސާ އާއި މުދައު ހޭދަކުރެވެންނެތްނަމަ ހެޔޮ ޢަމަލަކުންނަމަވެސް މީސްތަކުންނަށް އެހީތެރިވުން ގިނަކުރާށެވެ!

9 ގޭގެ ވީހައި ގިނަ ބައަކު އެކުގައިކާށެވެ! ކާންފަށަމުން އެންމެންވެސް ﷲ ތަޢާލާއަށް ޙަމްދުކޮށް އަދި ކައިނިމުމުން ޝުކުރުވެރިވާށެވެ!

10 އެއްވެސް ކަމެއްގައި އިސްރާފްނުކުރާށެވެ! އިސްރާފްކުރުމަކީ ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ގެއްލިގެންދާ ކަމެކެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން