ބޮޑުކަމުދިއުމަށް އުނދަގޫވާނަމަ ސަމާލުކަންދިނުން މުހިންމު ބައެއް ކަންކަން-

މިއަދު
ކިޔުމަށް ހޭދަވާނީ 53ސ
ބޮޑުކަމުދިއުމަށް އުނދަގޫވާނަމަ ސަމާލުކަންދިނުން މުހިންމު ބައެއް ކަންކަން-

ބޮޑުކަމުދިއުމުގެ ކަންކަމަށް އުނދަގޫވާނަމަ ފައިބަރ އެކުލެވޭ ބާވަތްތަކާއި ތަރުކާރީ ކެއުމުގެ އިތުރުން ފުރަތަމަ ކަމެއްގެ ގޮތުން ފެންބުއިން މަދުނުކުރާށެވެ. ހަށިގަނޑަށް އުނދަގޫނުވާވަރަށް ވީހާ ގިނައިން ފެންބޯށެވެ. 

ހަމަ އެއާއިއެކު ރޭގަނޑުގެ ކެއުމަށްފަހު އިތުރު އެއްޗެތިތައް ނުކާށެވެ. އިތުރަށް ކާނަމަ ޙަޖަމްވުމުގެ ތަރުތީބު ގެއްލި ހެނދުނު ޤަޟާޙާޖަތްކުރަން އުނދަގޫވެއެވެ. 

ފާޚާނާ ތަށިމަތީގައި އިންނައިރު ޖާގަ އޮތަސް ދެފައި ދަމާލައިގެން އިނުމުގެ ބަދަލުގައި ކަކުލުހުޅުން ތިރި ކޮޅަށް ޖެހޭނެ ގޮތަށް ބަހައްޓާށެވެ. އަދި ފާޚާނާއަށް ދަވާނަމަ ހިފަހައްޓަން މަސައްކަތް ނުކުރާށެވެ. ކުރަންހުންނަ މަސައްކަތް ނިންމާލާފައި ފާޚާނާކުރަން މަޑުނުކުރާށެވެ. އެއީ ނިޒާމަށް ބަދަލު އަންނަ ކަމެކެވެ. 

ހަމައެޢާއިއެކު ހެލިފެލިވެ އުޅުން ގިނަކުރާށެވެ! ކަސްރަތުކުރަމުން ގެންދާށެވެ. 

ޙަކީމީ ބޭސްވެރިންގެ ތަޖުރިބާއިން އެނގޭ ގޮތުގައި މާބުޅާފަތް ކެއުމަކީ ފާޚާނާކުރަން ފަސޭހަވާ ކަމެކެވެ. އަދި ފުރަގަސްފަރާތު ބަލި މިކިޔާ ބައްޔަށްވެސް ޝިފާއެކެވެ. ބަލި ވަރަށް ބޮޑަށް ޖެހިފައި ނުވާނަމަ މާބުޅާފަތް ކެއުމުން ބަލިން ސަލާމަތްވުމުގެ ފުރުޞަތު ބޮޑުވެގެންދެއެވެ. 

- މަޢުލޫމާތު: ޞިއްޙީ ޚަބަރު

މިއަދު އޮންލައިން