ބައިވެރިޔާގެ ކިބައިން ކުށެއް ނުފެންނަހައި ހިނދަކު ކިތަންމެ ބޮޑަށް އިތުބާރުކުރެވޭ ބައަކު ދައްކާ ވާހަކައަށް ބަލައިގެންވެސް ފިޔަވަޅުއެޅުމަކީ ޢުމުރަށް ކަރުނައަޅަން ޖެހޭ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ބައިވެރިޔާގެ ކިބައިން ކުށެއް ނުފެންނަހައި ހިނދަކު ކިތަންމެ ބޮޑަށް އިތުބާރުކުރެވޭ ބައަކު ދައްކާ ވާހަކައަށް ބަލައިގެންވެސް ފިޔަވަޅުއެޅުމަކީ ޢުމުރަށް ކަރުނައަޅަން ޖެހޭ ކަމެއް!

ލޯބިވެގެން ދެމީހުން އުޅޭއިރުވެސް ކައިވެންޏަށް ފަހުގައިވެސް ދެމީހުންގެ މެދުގައި މައްސަލަތައް ކުރިމަތިކުރުވަން މަސައްކަތްކުރާނެ ބައަކު އުޅޭނެއެވެ. އެއީ ވަކިމީހަކަށް ކުރިމަތިވާނެ ކަމެއް ނޫނެވެ. އެންމެންނަސްވެސް ކުރިމަތިވާނެ ކަމެކެވެ. 

މީހުން ކިތަންމެ ވަރަކަށް ދޮގުވާހަކަ ދެއްކިނަމަވެސް ކަންބޮޑުނުވާށެވެ! ތިބާ ހުރީ ތެދުވެރިކަމުގައި ކަމަށްވާނަމަ ތިބާއަށް ކާމިޔާބު ލިބޭނެ ދުވަސް އަންނާނެއެވެ. އިންތިޒާރުކުރަންވީ އެދުވަހަށެވެ. 

ވަރަށް ރަނގަޅަށް ކަންކަން ކުރަމުން ގެންދަނިކޮށްވެސް ބައަކު ފަތުރާ ދޮގު ވާހަކައެއްގެ ސަބަބުން ދިރިއުޅުމަށް ބަދަލުތަކެއްވެސް އަތުވެދާނެއެވެ. އެޙާލަތުގައި ލިބޭ މާޔޫސްކަން ބޮޑުވެ ބައެއް މީހުން ކުރިން އުޅުނު ރަނގަޅު ގޮތް ދޫކޮށްލައި ނުބައި ގޮތްގޮތަށް އުޅެން ފަށައެވެ. ރަނގަޅަށް އުޅުމުން ކުރި ފައިދާއެއް ނެތްކަމަށް ވިސްނިގެންނެވެ. މިއީ ވަރަށް ދެރަކޮސް ކުރެވޭ ކަމެކެވެ. 

ތިބާ ރަނގަޅަށް އުޅެނިކޮށް ދެރައެއް ލިބުނަސް މާޔޫސްވެ ނުބައި ގޮތްގޮތަށް ނުއުޅޭށެވެ. އަދި ކުރިއަށްވުރެވެސް ރަނގަޅަށް އުޅެން މަސައްކަތްކުރާށެވެ! އެކަމުގެ ފައިދާ ތިބާގެ ދެވަނަ ޙަޔާތުގައި ތިބާއަށް ކުރާނެއެވެ. އިން ޝާ ﷲ 

މިފަދަ މައްސަލަތައް ގިނައިން ކުރިމަތިވަނީ ބައިވެރިޔާއަށްވުރެ ބޮޑަށް އެކުވެރިންނަށް އިތުބާރުކުރެވޭތީއެވެ. މިވެނި މީހަކު ދޮގެއް ނުހަދާނެ ކަމަށް ޔަޤީންކުރެވޭތީއެވެ. އެގޮތަށް ޔަޤީންކުރުމަކީ މީހަކަށް ކުރެވޭނެ އެންމެ ދެރަ އެއް ކަންތަކެވެ. 

ބައިވެރިޔާގެ ކިބައިން އެއްވެސް ކުށެއް ނުފެންނަހައި ހިނދަކު، ލޯތްބާއި އަޅައިލުން ދެމުންގެންދާހައި ހިނދަކު އިތުބާރު ކުރެވޭ ކިތަންމެ ގިނަ ބައަކު ދައްކާ ވާހަކަވެސް އެހާ ފަސޭހައިން ޤަބޫލުނުކުރާށެވެ. އެފަދަ ވާހަކައެއްގެ އަޑު އިވެއްޖެނަމަ އެކަމެއްގެ ޙަޤީޤަތް އޮޅުން ނުފިލުވައި ޤަބޫލުކުރުމަކީ މީހަކަށް ކުރެވޭނެ އެންމެ ބޮޑު މޮޔަ އެއްކަންތަކެވެ. މިކަމަށް ސަމާލުކަން ނުދެވި ޢަމަލުކުރެވޭ ގިނަ މީހުންނަށް ފަހުން ޙަޤީޤަތް އެނގުމުން ކަރުނަ އަލަންޖެހޭކަން އެއީ އަބަދުވެސް ފެންނަމުން އަންނަ ޙަޤީޤަތެކެވެ. 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅުން

މިއަދު އޮންލައިން